އަންނަމަހުގެ 15އިން ފެށިގެން އީ-ފާސް މެދުވެރިކޮށް ޕާޓީތަކަށް ރަޖިސްޓްރީވެވޭގޮތަށް ހަދަނީ

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް ނިންމަވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ގިނަ ޚިދުމަތްތަކަކަށް އީ-ފާސް މެދުވެރިކޮށް އެދެވޭ ގޮތް ހެދުމުން ނޭނގި ރީ-ރަޖިސްޓްރީކުރުންފަދަ އެތައް މައްސަލައަކަށް ހައްލު އައި ކަން ފާހަގަކުރައްވާ ޒަކަރިއްޔާ ވިދާޅުވީ އޮޅުވާލައިގެން ޕާޓީތަކުގެ ދަފްތަރުގައި މީހުން ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެވޭނީ އީ-ފާސް މެދުވެރިކޮށް ޑިޖިޓަލްކޮށް ފޯމު ހުށައަޅައިގެންކަމަށެވެ.
ހަސަން ޒަކަރިއްޔާ އިތުރަށް ވިދާޅުވީ އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރަކަށްވުމަށް އެދެވޭގޮތަށް ބަދަލުކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންކަމަށާއި މިހާރު ހުށައަޅާ ކަރުދާސް ފޯމު ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަސްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ