ފަރުވާ ހޯދާ މީހުންނަށް ޑްރަގް ދީގެން ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތު

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެފަދަ މައްސަލައެއް މި މަހުގެ ހަތަރުވަނަ ދުވަހު ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އެންޑީއޭގެ ޕީރް މެންޓާ ގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އެ މީހާގެ ވަނަވަރުވެސް ފުލުހުން މިހާރު ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ ފްލޮރިޑާ އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހް އެވެ. އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށްވެސް ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ