ޑިޖިޓަލް ލިޓަރަސީ އިތުރުކުރަން ގޫގްލް އާ އެކު މަސައްކަތް ކުރަން މަޝްވަރާކޮށްފި

ރާއްޖޭގައި ޑިޖިޓަލް ލިޓަރަސީ އިތުރުކުރަން ގުޅިގެން މަސައްކަތް ކުރުމަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު ގޫގްލް އާ އެކު މަޝްވަރާކުރައްވައިފިއެވެ.
އދ. ގެ އާއްމު މަޖިލީހުގެ 79ވަނަ ސެޝަންގައި ބައިވެރިވެވަޑައިގެންނެވުމަށް
އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ނިއުޔޯކުގައި ހުންނަ
ގޫގްލް އޮފީހަށް ޒިޔާރާތް ކުރައްވާފައެވެ.
ގޫގުލް އޮފީހަށް ވަޑައިގެންނެވުމުން ރައީސަށް ވިދާޅުވީ ގޫގުލް ޕަބްލިކް
ސެކްޓަރގެ ސީއީއޯ ކެރެން ދޭހަތު އެވެ.
އެ އޮފީސް ބައްލަވާލެއްވުމަށްފަހު ރައީސް ވަނީ ގޫގްލްގެ ޓީމާ
ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް
އިންޓަލިޖެންސް ބޭނުންކުރުމާއި ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ
ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ހައްލުތައް
ހޯދުން ފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެވުނެވެ.
ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ރައީސް ވަނީ ނިންމަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ