މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން މީހަކު ހައްޔަރުކޮށްފި

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ނައިފަރުގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރުމަށެވެ. އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 53 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޢާއިޝަތު ރިޒްނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ