އަނިޔާކުރި ފުލުހުން ހޯދާ އަދަބު ދެވޭނެ – ނަޝީދު

އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކުގައި، މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާ ކުރާކަމަށާއި އެފުލުހުން ހޯދާ ހައްޤު އަދަބު ދެވޭނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވޭތުވެދިޔަ 3 ދުވަހު މާލޭގެ އެކި ސަރަޚައްދުތަކުގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ރައްޔިތުންނަށް އެއްވެސް ހަމައެއްނެތި ފުލުހުން އަނިޔާކުރަމުންދަނީ ރައީސް ޔާމީންގެ އެންގުމަށްކަމަށްވެސް ނަޝީދު ވަނީ ތުޙުމަތުކޮށްފައެވެ.
އަދި މިކަމުން ދައްކުވައިދެނީ ރައީސަށް ނާކާމިޔާބު ވާކަން ކަމަށްވެސް ނަޝީދު ކޮށްފައިވާ ޓުވީޓުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އަނިޔާކުރި ފުލުހުން ހޯދާ ޙައްޤު އަދަބު ދެވޭނެކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދު މިފަދައިން ޓުވީޓުކޮށްފައިވާއިރު އިދިކޮޅު ފަރާތްތަކުން ވޭތުވެ ދިޔަ 3 ދުވަހު ކުރި މުޒާހަރާތަކުގައި އާންމުންނަށް އުނދަގޫ ވާކަމަށްބުނެ ފުލުހުން ވަނީ އެއީ ޤާނޫނީ އިމުގެ ތެރެއިން ބޭއްވޭ އެއްވުންތަކެއް ނޫންކަމަށް ކަނޑައަޅައި މުޒާހަރާތައް ރޫޅާލާފައެވެ.
އިއްޔެ ހަވީރު އާރޓިފިޝަލް ބީޗް ސަރަޚައްދު ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަޚައްދުގައި ކުރި މުޒާހަރާގައި ކުޑަކުދިން ބައިވެރިކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ