އިންޑިއާގައި، ވިހެއިތާ ދެ ދުވަސް ނުވާ ތުއްތު ކުއްޖެއްގެ ކަރުގައި ހިފައި ގަދަކަމުން ހިނގުވައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ޑިސްޕުރް ސިޓީގައި އޮންނަ އައްސާމް ސިޓީގައިއެވެ. ދެ ދުވަހުގެ ކުޑަކުއްޖާގެ ހަށިގަނޑު އާދަޔާ ހިލާފަށް ހޫނުވާތީ ގެންދިޔައީ ސިހުރު ހަދާ މީހެއް ކައިރިއަށް އެކަމަށް ފަރުވާއެއް ލިބޭ ތޯ އެވެ. އެއަންހެނާ ކައިރިއަށް ދިއުމުން އަންހެން މީހާ އެކުއްޖާގެ މަންމަ ކައިރީ ބުނީ، ޖެހޭނީ ކުއްޖާ ބަރަހަނާ ކުރުމަށްފަހު ކޮޅަށް ހިނގުވަން ކަމަށެވެ.
މަންމަ މިކަމަށް އެއްބަސް ވިއެވެ. އަދި އެ އަންހެނާ ލައްވާ އެކަން ކުރުވިއެވެ. އެއަންހެނާ އެކުއްޖާ ލައްވާ ހިނގުވީ ކަރުގައި ހިފަހައްޓައިގެން ހުރެއެވެ.
ދެ ދުވަސްވީ ކުޑަކުއްޖާ އާ މެދު މިއަމަލު ހިންގި އިރު ވަނީ ވީޑިއޯ ކޮށްފައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެކުއްޖާ ލައްވާ ހިނގުވާ އިރު ކުއްޖާ އަޑުގެ ކޮޅަށް ރޮއެ ނަގައެވެ. ނަމަވެސް އެ އަންހެން މީހާ އެކަމަށް ސަމާލު ކަމެއް ނުދެއެވެ.
އިންޑިއާގެ ފުލުހުން ވަނީ އެމައްސަލާގައި ސިހުރު ހަދާ އެ އަންހެނާ އާއި އިތުރު އަންހެނަކު ހައްޔަރުކޮށްފައެވެ.
ވިހެއިތާ ދެދުވަސް ނުވާ ކުޑަކުއްޖެއްގެ ކަރުގައި ހިފައި ގަދަކަމުން ހިނގުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ