ޣައްޒާގެ ހަނގުރާމަ އިސްރާއީލަށް ނާކާމިޔާބު ވެފައިވާކަމަށް އިސްރާއީލުގެ ގިނަ ރައްޔިތުން ޤަބޫލު ކުރޭ: ސާވޭ
ޖުލައި މަހުގެ 8 ވަނަ ދުވަހު އިސްރާއީލުން އިސްވެ ފެށި ޣައްޒާ ހަނގުރާމައިގައި އެޤައުމަށް ނާކާމިޔާބު ވެފައިވާކަމަށް އިސްރާއީލުގެ ގިނަ ރައްޔިތުން ޤަބޫލުކުރާކަމަށް ސާވޭއަކުން ދައްކައިފިއެވެ.ޝިލްވު މިލްވަރޑު ބުރައުން ރިސާޗު ގުރޫޕާއި ޗެނަލް 2 ގުޅިގެން ކުރި މިސާވޭއިން ދައްކާ ގޮތުގައި ޣައްޒާ ހަނގުރާމައިގައި ހަމާސް އަތުން އިސްރާއީލު މޮޅުވެފައިވާކަމަށް އިސްރާއީލުގެ ރައްޔިތުންގެ ތެރެއިން 59 އިންސަތަ މެޖޯރިޓީގެ ރައްޔިތުން ޤަބޫލެއް ނުކުރެއެވެ.މިސާވޭގައި އިސްރާއީލަށް ހަނގުރާމައިގައި ކާމިޔާބު ވެފައިވާކަމަށް ޤަބޫލުކުރަނީ އިސްރާއީލުގެ އެންމެ 29 އިންސައްތަ ރައްޔިތުންނެވެ.މިސާވޭގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ތާޢީދު ދައްވެފައިވާކަމަށްވެސް ވަނީ ހާމަވެފައެވެ. އެގޮތުން 59 އިންސައްތަ ރައްޔިތުން ބުނެފައިވަނީ ‘ނަތަންޔާހޫ ކެމްޕޭން ކުރިއަށް ގެންދާ ގޮތާއި މެދު’ ހިތް ހަމަޖެހޭ ކަމަށޭވެ. ނަމަވެސް ނަތަންޔާހޫއާއި މެދު ހިތްހަމަޖެހޭކަމަށް ބުނެފައިވަނީ 29 އިންސައްތަ ރައްޔިތުންނެވެ.ހާރެޓުޒް ނޫހުން އޯގަސްޓު 5 ގައި ޢާއްމުކުރި ސާވޭ ދައްކާގޮތުން 77 އިންސައްތަ ރައްޔިތުން ބުނެފައިވަނީ ނަތަންޔާހޫއަށް ތާޢީދު ކުރާކަމަށެވެ. ނަމވެސް ހާޓެޒުއިން ހޯމަ ދުވަހު ޢާއްމު ކުރި ސާވޭ ދައްކާގޮތުން 52 އިންސައްތަ ރައްޔިތުންގެ ތަޢީދެވެ. 40 އިންސައްތަ ރައްޔިތުން ބުނެފައިވަނީ ނަތަންޔާހޫއަށް ތާޢީދު ނުކުރާކަމަށެވެ.ޗެނަލް 2 ގެ ސާވޭ ބުނާ ގޮތުން އިސްރާއީލުން އެއްބަސްވެފައިވާ ސީސްފަޔަރއަށް 54 އިންސައްތަ ރައްޔިތުން ތާއީދެއް ނުކުރެއެވެ. 37 އިންސައްތަ ރައްޔިތުން ސީސްފަޔަރއަށް ތާޢީދު ކުރެއެވެ.ހަނގުރާމައިގައި 49 ވަނަ ދުވަހާއި ހަމަޔަށް ނަތަންޔާހޫއަށް ތާޢީދުކޮށްފައިވަނީ 38 އިންސައްތަ އެވެ. ނަމަވެސް 50 އިންސައތަ ރައްޔިތުން ބުނަނީ ހިތް ހަމަ ނުޖެހޭ ކަމަށެވެ.މިސާވޭ އިންތިޒާމު ކުރުމުގައި ބައިވެރިވި ޝިލްވު މިލްވަރޑު ބުރައުން ރިސާޗު ގުރޫޕަކީ 1976 ން ފެށިގެން އިސްރާޢީލުގައި ރިސާޗު ކުރަމުން އަންނަ ގުރޫޕެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ