ގާސިމް މިއަދު ކޯޓަށް ހާޒިރު ކުރީ މައްސަލައިގެ ލިޔުންތައް ހަވާލު ކުރުމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ލިޔުންތައް އޭނާ ކޯޓަށް ހާޒިރުކޮށް ހަވާލުކޮށްފި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލަނީ ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމުގެ ތުހުމަތާއި ޤާނޫނީ ސަރުކާރު ވައްޓާލަން ރާވަމުންދާކަމުގެ ތުހުމަތުގެ އިތުރުން މަޖިލީސް މެންބަރުންނަށް ރިޝްވަތުދޭން އުޅޭކަމުގެ ދައުވާ އެވެ.
މިއީ ގާސިމްގެ މައްޗަށް ދައުވާ ކުރާ ދެވަނަ ފަހަރެވެ. މި ދައުވާ އާއި ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމަށް ޕީޖީ ވަކީލުން ހާޒިރު ނުވުމުން ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައި އެވެ. އަލުން އެ މައްސަލަ ހުށަހެޅީ އިއްޔެ އެވެ.
ދެ ގާޒީން ކަމަށްވާ އިސް ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އެހެން ކޯޓުތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ގާޒީ ބާރީ ބަދަލުކުރީ ޖުވެނައިލް ކޯޓަށެވެ. ގާޒީ ޝަކީލް ބަދަލުކުރީ ފެމިލީ ކޯޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ