ވ. ރަކީދޫގައި އަނިޔާ ކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނު، އުމުރުން އެންމެ ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ، ކަރުގައި ބާރަށް ހިފާފައި ހުރިކަން އެނގޭ ކަމަށް، އިބްތިހާލް ބެލި ޑޮކްޓަރު ވިދާޅުވެ ހެކިބަސް ދީފި އެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ، އިބްތިހާލް ބެލި ޑރ.އަހުމަދު ނިޝާންއެވެ.
ޑރ.ނިޝާން ވިދާޅުވީ، އިބްތިހާލުގެ ކަރުގައި ވަރަށް ބާރަށް ހިފާފައި ހުރިކަން އިނގޭ ކަމަށާއި، އަދި އިބްތިހާލުގެ ރިބް ކޭޖް ނުވަތަ މޭގެ ކަށިތަށް ވެސް ބިންދައިގެން ގޮސްފައި ހުރި ކަމަށެވެ. މީގެއިތުރުން ނިޝާން ވަނީ އަނިޔާގެ ސަބަބުން އިބްތިހާލުގެ ބަނޑަށް ލޭ އެޅިފައިވާކަން ވެސް ހާމަކޮށް އެއީ އިބްތިހާލް މަރުވާން މެދުވެރިވި ސަބަބެއް ކަމަށް ވެދާނެ ކަމަށް ވިދާޅުވެފައެވެ.
ނިޝާންގެ އިތުރުން މި މައްސަލައިގައި، އިތުރު ދެ ޑޮކްޓަރެއްގެ ހެކިބަސް ވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
އިބްތިހާލުގެ މަރުގެ މައްސަލައިގައި، ދައުލަތުން ދައުވާކުރި އޭނާގެ މަންމަ އާފިޔާ މުހައްމަދު ވަނީ މީގެކުރިން ބޭއްވި އަޑުއެހުމެއްގައި މި ދައުވާއަށް އިއުތިރާފްވެފައެވެ.
އިބްތިހާލް ކަރުގައި ބާރަށް ހިފާފައި ހުރިކަން އެނގޭ - ޑރ.އަހުމަދު ނިޝާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ