ޕީޕީއެމްގެ އިންތިޚާބު ކޮމެޓީ އާއި ރައީސް މައުމޫން ބައްދަލު ކުރައްވައިފި

ޕީޕީއެމްގެ އާ އިންތިޚާބު ކޮމެޓީ އާއި ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އިއްޔެ ބައްދަލު ކުރައްވައިފިއެވެ.
ޕީޕީއެމް އިން ބުނީ އެ ޕާޓީގެ އިންތިހާބު ކޮމެޓީގެ އިސްނެގުމުގެ މަތިން އިއްޔެ ބޭއްވި މި ބައްދަލު ވުމުގައި އިންތިޚާބު ކޮމެޓީގެ ފަރާތުން ، ޕާޓީގެ ރައީސް މައުމޫން ފައްޓަވާފައިވާ އިސްލާހީ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަރުވާފައިވާ ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލުގެ އިންތިޚާބުގައި ޕާރޓީގެ އޮފީހުގެ ބެލުމުގެ ދަށުން ޕާޓީގެ ގުނަވަންތައް މެދުވެރިކޮށް އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދިނުމަށް އިންތިހާބު ކޮމެޓީން ވަނީ ރައީސް މައުމޫން އަރިހުގައި އެދިވަޑައިގެންފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ވީހާވެސް ގިނަ ގޮނޑިތައް ކާމިޔާބުކުރުމަށް ޕާރޓީގެ ރައީސްގެ ފުރިހަމަ އެއްބާރުލުން ދެެއްވާނެކަމަށް އިއްޔެގެ ބައްދަލުވުމުގައި ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިންތިޚާބަށް، ޕާޓީގެ ހުރިހާ ގުނަވަނަކުންވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސް މައުމޫނު ވަނީ އިންތިޚާބު ކޮމެޓީއަށް ދެއްވައިފައެވެ.
ޕީޕީއެމްގެ އިންތިޚާބު ކޮމެޓީ އިން އިސް ނަގައިގެން ރައީސް މައުމޫނާޢި ބައްދަލުކުރެއްވި ކަމަށްޓަކައި ރައީސް މައުމޫން ވަނީ އިންތިޚާބު ކޮމެޓީ ޝުކުރު ދަންނަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ