ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކޮށް, ސިޔާސީ ބޭފުޅުން ރަހީނުކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މާފުށީ ޖަލު ކުރިމަތީ އެއްވެ މިނިވަން ކުރުމަށް އަމުރުކޮށްފައިވާ އެ ބޭބޭފުޅުން ވަގުތުން ދޫކޮށްލުމަށް ގޮވަމުން އެބަދެއެވެ.
މި އެއްވުމުގައި އިސްކޮށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އެވެ.
މާފުށީ ޖަލު ކުރިމަތީ މުޒާހާއެއް ކުރިއަށްދާކަމަށް ހާމަކުރަވަމުން ފަހްލޫފް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެޓްވީޓުގައި ވިދާޅުވެފައިވާނީ " ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލާ މާފުށީ ޖަލު ކައިރީ މުޒާހަރާއެއް ކަމަށެވެ.
މާފުށީ ޖަލު ކައިރީ އިދިކޮޅުފަރާތަކުން މުޒާހަރާއެއް ކުރަމުންދާއިރު, އެމްޑީޕީ ހަރުގެ ކައިރީވެސް ހަރަކާތްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ.
ޕީޕީއެމުން ވެސް ގެންދަނީ އެއްވުމެއް ބާއްވަމުންނެވެ. މިއެއްވުން އޮތީ ވެސްޓް ޕާކް ސަރަހައްދުގައެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލާ އެއްވުމެއް މާފުށިޖަލު ކައިރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ