މަޖިލީހުގެ ރައީސަކަށް މަސީހު އަދި ނައިބު ރައީސަކަށް އަބްދުއްރަހީމް އަބްދުﷲ


18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޕީޕީއެމުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އަދި ނައިބު ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ނެރުމަށް އެޕާޓީން ނިންމައިފިއެވެ.
 
އެމްބީސީ ނިއުސްއަށް މިކަން ވަނީ އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކަށަވަރު ކޮއްދެއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ މިގޮތަށް ކަނޑައަޅާފައި ވަނީ ޕާޓީގެ އިސްވެރިންގެ އިތުރުން ގިނަ މެމްބަރުން ތަކެއްގެ މަޝްވަރާއަށް ފަހު ކަމަށެވެ. އަދި މިކަން ޢިއުލާނު ކޮއްފައި ވަނީ 18 ވަނަ މަޖިލީހަށް ހޮވިފައި ވާ އެޕާޓީގެ މެމްބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ބޭއްވެވި ބައްދަލު ވުމަކަށް ފަހު އެމަނިކުފާނުކަމަށެވެ.
 
 
އާ މަޖިލީހުގެ ރައީސް ކަމަށް މަސީހު ނެރުމަށް ޕީޕީއެމުން ނިންމާފައި ވާއިރު، އެ މަގާމަށް ޝައުގުވެރިވާ ކަމަށް މަޖިލީހުގެ މިހާރުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވެސް ކުރިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ އާ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ