ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ބާއްވަން އުޅުނު ބައްދަލުވުން ކެންސަލްކޮށްފިއެވެ.
"ޕީޕީއެމްގެ ދިރުން، މެމްބަރުންގެ ހިޔާލު" ގެ ނަމުގައި ކުރީގެ ރައީސް މައުމޫން ބާއްވަން އުޅުނު ބައްދަލުވުން ކެންސަލްކުރީ، އެ ބައްދަލުވުން ނުބާއްވަން ފުލުހުން އެންގުމާއި ގުޅިގެންނެވެ.
ނަމަވެސް މި ބައްދަލުވުން އެހެން ގޮތަކުން، ވަރަށް އަވަހަށް ބާއްވާނެ ކަމަށް، ރައީސް މައުމޫން ފެކްޝަނުން ހާމަކުރެއެވެ.
މިރޭގެ ބައްދަލުވުން ބާއްވަން ނިންމާފައި އޮތީ، ޕީޕީއެމްގެ އޮފީސް ކުރިން ހިންގި އަދި މިހާރު ރައީސް މައުމޫން ޕާޓީގެ މަސައްކަތްތައް ކުރައްވާ ހ. ތެމާގަ އެވެ.
މި ބައްދަލުވުން ނުބާއްވަން ފުލުހުން އެންގިއިރު، މީގެ ކުރިން، ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރަން ރައީސް މައުމޫން ބާއްވަން އުޅުއްވި ޖަލްސާ ވެސް ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.
ރައީސް މައުމޫން ބާއްވަން އުޅުނު ބައްދަލުވުން ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ