މޯލްޑިވްސް ރޯވިން އެސޯސިއޭޝަނުން ބާއްވާ ފުރަތަމަ އޯޕަންޑޭ މާދަމާ ބާއްވާ ގޮތަށް ނިންމައިފި އެވެ. 
އެ އެސޯސިއޭޝަނުން ބުނީ އޯޕަން ޑޭހެ ބޭނުމަކީ ރޯވިން އަށް ނުވަތަ ފަލި ޖެހުމުގެ ކުޅިވަރަށް ޒުވާނުންގެ ހިތުގައި ޝައުގުވެރިކަން އުފައްދައި ފުރުސަތުތަކެއް ހުރިކަން އަންގައި ދިނުން ކަމަށެވެ.
އޯޕަން ޑޭގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށްނަށް އެ ފުރުސަތު ހުޅުވާލާފައިވާ އިރު، ފަލިޖެހުން ތަޖުރިބާ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ. ހުޅުވިފައިވާ ކަމަށެވެ. 
އޯޕަން ޑޭ ކުރިއަށް ދާނީ މާދަމާ ހަވީރު 3:00-6:00 އަށެވެ.
ފަލި ޖެހުން ތަޖުރިބާ ކުރަން ބޭނުންވާ މީހުންނަށް ރޯވިންގެ ދުނިޔޭގެ ޗެންޕިއަން އިނގިރޭސިވިލާތުގެ އެމޮޖިން ވަލްޝްގެ އެހީތެރިކަން ލިބިގެން ދާނެ އެވެ.
ރޯވިން އެސޯސިއޭޝަނުން ބުނީ އޯޕަން ޑޭހައި ބައިވެރިވާ މީހުންނަށް ހާއްސަ ނަސީބު ކޫޕަނެއް ވެސް ދޫކުރަން ނިންމައިފައިވާ ކަަށެވެ. ފައެވެ. 
އެގޮތުން ކޫޕަން ލިބޭނީ އަމަލީ ގޮތުން ފަލި ޖެހުން ތަޖުރިބާ ކުރާ މީހުންނަށެވެ.
މި ނަސީބު ކޫޕަނުގެ ގުރުލައި އެއް ވަނަ، ދެވަނަ ތިންވަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ވެސް ދޭނެ އެވެ.
ދިރާގާއި މޯލްޑިވިއަންގެ އެހީތެރިކަމާ ވެސް އެކު ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި ބާއްވާ އޯޕަން ޑޭގެ ތެރެއިން ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާނެ އެވެ.
    
    ރޯވިންގެ އޯޕަން ޑޭ ހިތަދޫގައި މާދަމާ ހަވީރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ