މަސްތުވާތަކެއްޗާއެކު ދާންދޫ އިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ދާންދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 41 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިންނެވެ.
މި ދެމީހުންގެ ތެރެއިން 41 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދާންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ މެންދުރު 3:10 އެހާއިރު ދާންދޫ އިންނެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައި ފާސްކުރުމުން އޭނާ ލައިގެން ހުރި ފަޓްލޫނު ޖީބު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ދެވަނަ މީހާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭ 18:45 އެހާއިރު ދާންދޫ އިންނެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރުމުން އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ހޮޅިކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިމައްސަލަ ތަހުގީގުކުރަމުންދާއިރު ދާންދޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ސިލްސިލާ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ