އަނެއްކާވެސް ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކޮށްފި

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ސަފިއްޔާ މުހައްމަދު ސައީދު ކަމަށެވެ. ސަފިއްޔާ މީގެކުރިން ހުންނެވީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ.
ސަފިއްޔާއާއެކު ހެލްތް މިނިސްޓްރީގައި މިވަގުތު ނައިބުންގެ ގޮތުގައި ފަސް ބޭފުޅުން އެބަ ތިއްބެވިއެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ވެސް ހެލްތުގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިވެއެވެ. އެފަހަރު އައްޔަންކޮށްފައިވަނީ މަރިޔަމް ހާލިދާއެވެ.
ހެލްތުގެ ޑެޕިއުޓީންގެ ތެރެއިން ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން ނިޝާމާ މުހައްމަދު އަދިވެސް ހުންނެވީ ސަސްޕެންޝަނުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ