ކަރަންޓް ކެނޑޭތީ މަޖިލިސް ހުއްޓުމަކަށް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މީގެ ކުރިން ކެންސަލްކޮށް ނުވަތަ މެދުކަނޑާލާފައިވަނީ މެމްބަރުންގެ ހިޔާލުތަފާތުވުން ބޮޑުވެ ޖަލްސާ ހޫނުވެގެންނެވެ. ނަމަވެސް މިއަދު މަޖިލިސް ހޫނުވީ މެމްބަރުންގެ ހިޔާލު ތަފާތުވުމެއް އޮވެގެނެއް ނޫނެވެ. މަޖިލީހުގެ މާލަމުގައި ކަރަންޓް ނެތިގެންނެވެ.މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު ވިދާޅުވީ ކަރަންޓްގެ މައްސަލަތައް ދިމާވާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ނަމަވެސް މާލަމަށް ކަރަންޓް މައްސަލަ ދިމާވީ އިއްޔެ ކަމަށެވެ. ކަރަންޓްގެ މައްސަލައިގައި އިއްޔެގެ ޖަލްސާ ފަސްކުރިއިރު، މިއަދުގެ ހެނދުނު 9:00 ގައި ނުފެށުނީ ވެސް މާލަމުން ކަރަންޓް ދާތީ ކަމަށް އަހްމަދު ވިދާޅުވި އެވެ."ކަރަންޓްގެ މައްސަލަ ދިމާވާކަން އަޅުގަނޑުމެންނަށް ގަބޫލްކުރެވެނީ ފާރުގައި ހުރި ރެނދުތަކުން އެތެރެއަށް ފެން ފޭދި ކަރަންޓް ވައިރިން ސިސްޓަމަށް ފެނުގެ އަސަރު ގޮށްގެން ކަމަށް،" އޭނާ ވިދާޅުވި އެވެ.މާލަމަށް ދިމާވި ކަރަންޓް މައްސަލަ ހައްލުކުރުމަށް ފަހު މިއަދުގެ ޖަލްސާ ފެށީ 11:00 ގަ އެވެ.ޖަލްސާ ފެއްޓެވުމަށް ފަހު، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މާލަމަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުކުރި ނަމަވެސް މަޖިލިސްކުރާ ގޭގެ ބައެއް ތަންތަނުން ކަރަންޓްގެ މައްސަލަތައް އަދިވެސް ހައްލު ނުވާކަމަށެވެ. އެ މައްސަލަތައް ހައްލުކުރުމަށް މަޖިލީހުގެ އިދާރާގެ ޓެކްނީޝަނުންނާއި ސްޓެލްކޯގެ ޓެކްނީޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ސުވާލުކުރަން އޮތަސް ކަރަންޓްގެ މައްސަލަ ދިމާވުމުން އެބައި ކުރިއަކަށް ނުގެންދެ އެވެ.މަޖިލީހުގެ ރައީސް ވިދާޅުވީ އަސްލަމާ ސުވާލުކުރުން މާދަމާގެ ޖަލްސާ އަށް އަލުން އެޖެންޑާކުރައްވާނެ ކަމަށެވެ.މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހް ހުށަހެޅުމުގެ ބިލާއި މާލިއްޔަތު ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސްކުރުން ހިމެނެ އެވެ. އަދި ޖީއެމްއާރުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރަން ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖްތާޒު ހުށަހަޅުއްވާފައިވާ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ހުށަހެޅުއްވި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލް މަޖިލީހުން ބަލައި ގަތުމަށް ވޯޓަށް އެހުން ހިމެނެ އެވެ.މިއަދު ބާއްވަން ހަމަޖައްސާފައިވާ ކޮމެޓީތަކުގެ ބައެއް ބައްދަލުވުންތައް ވެސް ވަނީ ކަރަންޓްގެ މައްސަލައާ ގުޅިގެން ކެންސަލްކޮށްފަ އެވެ.11:04 ޖަލްސާ ފަށައިފި.10:03 ކަރަންޓް މައްސަލަ ހައްލުނުވާތީ 11 ޖަހާއިރަށް ޖަލްސާ ފަސްކޮށްފި.9:19 ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ކަރަންޓްގެ މައްސަލަ އުޅޭތީ މިއަދުގެ ޖަލްސާ ފަސްކޮށްފި.މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވީ ޖަލްސާ ކުރާ މާލަމުންނާއި މަޖިލީހުގެ ބައެއް އެހެން ތަންތަނުން އިރުއިރުކޮޅުން ކަރަންޓް ކެނޑޭ ކަމަށް.ކަރަންޓް މައްސަލަ ހައްލުވެއްޖެ ނަމަ 10 ޖަހާއިރު ޖަލްސާ ފަށާނެ ކަމަށް އަމީން އާއްމު ވިދާޅުވި.ކަރަންޓްގެ މައްސަލަ އިއްޔެގެ ޖަލްސާ އަށް ވެސް ކުރިމަތިވެ، ޖަލްސާ މެދުކަނޑާލާފައި އޮތް ވަގުތު އިތުރުކުރަން ޖެހުނު.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ