ހުކުރު ދުވަހު ބޭއްވި ތިން ދާއިރާއެއްގެ ބައި އިލެކްޝަނުން އެމްޑީޕީ އާއި ޕީއެންސީ އެއްވަރުވެއްޖެއެވެ. އަމިއްލަ ފަރާތަކުންވެސް އެއް ދާއިރާ ކާމިޔާބުކޮށްފައިވެއެވެ.
ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސްއާއި ލ. ގަމު ކައުންސިލްގެ މެމްބަރަކާއި އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރަކު އިންތިހާބު ކުރުމަށް ކުރިއަށްގެންދިޔަ ބައި-އިލެކްޝަންތަކުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.
އެ ކޮމިޝަނުން އާންމުކުރި މައުލޫމާތުގައިވާގޮތުން ދ ކުޑަހުވަދޫ ކަައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ބައިވެރިވީ އެމްޑީޕީ އާއި ކޮންގްރެސް ޕާޓީއިންކަމަށެވެ. އަދި މި އިންތިހާބު ކާމިޔާބުކުރީ 826 ވޯޓާއިއެކު ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރި ޖާދުﷲ ހަމީދުކަމަށް ބުނެފައިވާއިރު އެމްޑީޕީގެ ފަރާތުން ވާދަކުރި އަބްދުﷲ ޖަމީލުއަށް ލިބިފައިވަނީ 624 ވޯޓުކަމަށް ވަގުތީ ނަތީޖާއިން ދައްކާކަމަށް ބުނެފައިވެއެވެ.
ލ ގަމުގެ ކައުންސިލު މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީއިންކަމަށް ބުނެފައިވެއެވެ. އެގޮތުން އެ ޕާޓީގެ ކެންޑިޑޭޓު އަފްސަލް ޖައުފަރަށް 894 ވޯޓު ލިބިފައިވާއިރު ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރި އަލީ ނަޝީދަށް ލިބުނީ 644 ވޯޓުކަމަށް ބުނެފައިވެއެވެ.
336 ވޯޓާއިއެކު މ މުލަކު ކައުންސިލުގެ އަންހެނުންނަށް ހާއްސަ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓު ރީމާ ހުސައިންކަމަށްވާއިރު ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓު މިޒްނާ ތައުފީގަށް ލިބިފައިވަނީ 282 ވޯޓުކަމަށް ބުނެފައިވެއެވެ.
ތިން ދާއިރާގެ ބައި އިލެކްޝަނުން އެމްޑީޕީއާއި ޕީއެންސީ އެއްވަރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ