އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް ގެއްލުންހުރި ހަޑިހުތުރު އަމަލެއް ކަމަަށް ހުތުބާގައި ބުނެފައިވެ އެވެ.
ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދު ހުތުބާ އިއްވީ "ގެވެށިއަނިޔާ" މި މައުލޫއަށެވެ. ހުތުބާ ގައި ބުނެފައި ވަނީ އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމަަށެވެ. ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ އެއް ބާވަތްކަން ފާހަގަކޮށް ހުތުބާގައި ބުނެފައި ވަނީ މި ކަމަކީ މުޖުތަމައުގައި ގަދަ އަޑުން ވާހަކަދެކެވޭ، އެ ކަމާ މެދު ކަންބޮޑުވެ، އެ ކަން ހުއްޓުވުމަށް ޓަކައި އަޑު އުފުލަމުންދާ މައްސަލައެއް ކަމަށެވެ."ގެވެށިއަނިޔާގެ ތެރޭގައި ހިމެނެނީ، ފިރީން އަނބީންނަށް، އަނބީން ފިރީންނަށް ކުރާ އަނިޔާ އާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާ އާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާ އާއި، އެކަކު އަނެކަކަށްކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތަކެވެ،"މުސްލިމް މުޖުތަމައަކީ ރަހްމަތާއި، ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ މުޖުތަމައެއް ކަން ފާހަގަކޮށް ހުތުބާގައި އިތުރަށް ބުނީ އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސު ކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެއް ކަމަަށެވެ."މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމައުގެ ބިނާގެ އެއް ބައި ކަމުގައިވާ އިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުހްތުންނަށް، ނުވަތަ ދަރިންނަށްވާ އިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާ މެދު ކޮންމެ މުސްލިމަކު ވިސްނާން ޖެހޭނެ އެވެ. އެ ކަނބަލުންގެ އަގުވައްޓައިލުމަށް ޓަކައި، އެ ކަނބަލުންގެ އަބުރާބެހުމާއި، އެ ކަނބަލުންނަށް ފުރައްސާރަކުރުމާއި، އެ ކަނބަލުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި، ހިމެނޭ ކަންކަމެވެ،"ކީރިތި ރަސޫލާ ދުވަހަކު ވެސް އަންހެނެއްގެ ގައިގައި ޖައްސަވާފައިވާ ނުވާ ކަމަށާ އިތުރު އެކަލޭގެފާނުގެ އެންމެ ފަހު ވަޞިއްޔަތްޕުޅުތަކުގެ ތެރޭގައި ވެސް އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަސިއްޔަތްކުރައްވާފައިވާ ކަމަށް ހުތުބާގައިވެ އެވެ.ގެވެށިއަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުއާމަލާތުތަކުގެ ސަބަބުން ކަމަށާ ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުއާމަލާތު ކުރަނީ އަހްލާގު ރިވެތި، އިލްމުވެރި ބަޔަކަށް އެމީހުންގެ ދަރީން ހެދުމަށް ޓަކާ ކަމަށް ހުތުބާގައިވެ އެވެ. އެހެނަސް ފިރިހެނާ މި ގޮތަށް އަމަލުކުރުމުގެ ނަތީޖާ އަކީ، އަނބިމީހާ އާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުން ކަމަށާ އަމާންކަންމަތީ އޮތް ގޭތެރެ ނާމާންވެ ހިތްހަމަޖެހުން އޮންނާން ޖެހޭ ގޭތެރެ ހިތްދަތިވުން ކަމުގައި ހުތުބާގައި ވެއެވެ."ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫނެވެ. އަދި އެއީ އޭނާއަށް ލިބޭ އިހާނެތިކަމެއް ވެސް ނޫނެވެ. ހަގީގަތަށް ބަލާ އިރު ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައެވެ. އޭނާގެ ރިވެތި އަހްލާގުގެ މަތީގައެވެ،"އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް ގެއްލުންހުރި ހަޑިހުތުރު އަމަލެއް ކަމަަށާ އޭނާގެ ހަލާލު އަނބިމީހާއަށް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން ވިޔަސް އަނިޔާކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަަށް ވެސް ހުތުބާގައޮ ބުނެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން: ހުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ