ދިރާގު އެޕް މެދުވެރިކޮށް ކުޑަކުދިންގެ ހިޔާތަކަށް އެހީވެވޭނެ މަގުފަހިކޮށްދީފި

ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭ ފީޗާއެއް ތައާރަފުކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޮނޭޓްކުރެވޭނެ މަގު އެ ކުންފުނިން ތަނަވަސްކޮށްދީފިއެވެ. ދިރާގުން ވަނީ މި ކަމުގައި ބައިވެރިވެ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 150،000 ރުފިޔާ ހަދިޔާކުރަން ނިންމާފައެވެ. އަދި ދިރާގުގެ ކަސްޓަމަރުންނަށް ވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުއެޕް މެދުވެރިކޮށް ދިރާގުން ވަނީ ހުޅުވާލާފައެވެ. އެ ގޮތުން ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭނެ ހިޔާތަކަކީ: ފިޔަވަތި އަމާން ވެށި އަމާން ހިޔާ ދިރާގުން ބުނީ ފިޔަވަތީގެ އިތުން އަމާން ވެށި އަދި އަމާން ހިޔާއަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތައް ކަމަށެވެ. އެ ގޮތުން ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާއަށް ވާއިރު އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ. ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެޕްގައިވާ ޕްރީސެޓް އަދަދުތައް ކަމަށްވާ 10 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، އަދި 500 ރުފިޔާގެ އަދަދެއް ހިޔާރުކޮށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ހަދިޔާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ބާކީ ހުރި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ހަދިޔާ ކުރެވޭނެ ކަމަށް ދިރާގުން ވަނީ މައުލޫމާތު ދީފައެވެ. ދިރާގުއެޕް މެދުވެރިކޮށް ލިބޭ ޑޮނޭޝަންތަކުގެ އެހީގައި ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތަކުން ކުދިންނަށް ކޮށްދޭން ކަނޑައަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި: ކުދިންގެ ކިޔަވާ ކޮޓަރިތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް އަދި ކިޔެވުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްހޯދައިދިނުން ކުދިން ކުޅޭ ސަރަހައްދުތަކުގައި ޓާފް އަޅައިދ،ީ އެ ސަރަހައްދުތަކަށް އިތުރު ތަނަވަސްކަން ގެނެސްދިނުން ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގައި ކުދިންގެ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުސަތުތައް ހޯދައިދިނުން 16 އަހަރުން މަތީގެ ކުދިންނަށް ވަޒީފާއަށް ތައްޔާރުވުމުގެ ޕްރޮގްރާމްތައް ހިންގުން ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވަމުންނެވެ. ދިރާގުގެ އިސްނެގުމުގެ މަތިން މި ކުރަމުންދާ މުހިންމު މަސައްކަތް ވެގެން ދާނީ މި ކުދިންގެ މުސްތަގުބަލަށް ހެޔޮ ބަދަލުތައް ގެނައުމަށް އެހީތެރިކަންލިބިގެންދާނެ ކަމަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ