ތޮއްޑޫގައި ބިދޭސީއަކު ރަހީނު ކުރިކަމުގެ ރިޕޯޓެއް، ފުލުހުން ބުނީ އޭނާ ރަހީނު ނުކުރާ ކަމަށް

އއ. ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ރަހީނުކުރި މައްސަލައެއްގެ ރިޕޯޓެއް ލިބިގެން ފުލުހުން ސީނަށް ހާޒިރުވެ ބެލި ބެލުމުން އޭނާ ރަހީނު ނުކުރާކަން ހާމަވެއްޖެއެވެ. ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މިއަދުގެ 14:00 ހާއިރު ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ރަހީނުކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން ފުލުހުން ސީނަށް ގޮސް އިތުރަށް ބެލި ބެލުމުން އޭނާ ރަހީނުކުރި ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ރަހީނު ނުކުރި ނަމަވެސް، މިއަދުގެ ވަގުތެއްގައި އޭނާއަށް ވަޒީފާދިން މީހާއާ މެދު ހިތްހަމަނުޖެހި ޒުވާބެއް ހިނގާފައި ވާކަމުގެ މައުލޫމާތު ލިބިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ތޮއްޑޫގައި އިއްޔެ ވަނީ ގެސްޓްހައުސްއަކަށް ގޮސް އުޅުނު ފިރިހެން ފަތުރުވެރިއަކު އެރަށުގެ ވަޅުމަގު ބީޗުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއް ވެސް ފެންމަތިވެފައެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. https://sun.mv/203809 އެ މައްސަލައާ ގުޅިގެން ފުލުހުން ސީނަށް އެޓެންޑުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް އަނިޔާކޮށް، ފުލުހުންގެ ވެހިކަލަށް ވެސް ގެންލުން ދީފައިވާ ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ