މިދިޔަ މަހު 135،614 ފަތުރުވެރިން؛ ޖުމްލަ މިލިއަނަކާ ގާތަށް

މިދިޔަ މަހު 135،614 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރި މީހުންގެ ޖުމްލަ އަދަދު 966،358އަށް އަރައި މިލިއަނަކާ ގާތްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި މިދިޔަ މަހުގެ ހިސާބުތަކަށް ބަލާއިރު:
މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އައި މީހުންގެ އަދަދު މިދިޔަ އަހަރުގެ މޭ މަހު އައި 119،873 މީހުންނަށް ވުރެ %13.1 އިތުރު
މި އަހަރުގެ މިހާތަނަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރާތްކުރި 892،243 މީހުންނަށް ވުރެ %8.3 އިތުރު
ތަފްސީލް - އެ ހިސާބުތަކަށް ބަލާއިރު މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 4،375 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެ އެވެ. 
ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން:
ޖުމްލަ %71.5 ފަތުރުވެރިިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައި: އެއީ 690،580 މީހުން
ޖުމްލަ %23.1 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރި؛ އެއީ 223،428 މީހުން
ހޮޓާތަކުގައި ޗުއްޓީ ހޭދަކުރީ ފަތުރުވެރިންގެ %2.9؛ އެއީ 28،099 ފަތުރުވެރިން
ސަފާރީތަކުގައި ތިބީ %2.4 ފަތުރުވެރިން؛ އެއީ 23،577 މީހުން
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމަކީ:
ޗައިނާ - 115،802؛ މިދިޔަ އަހަރަށް ވުރެ %12 އިތުރު
ރަޝިއާ -105،059؛ މިދިޔަ އަހަރަށް ވުރެ %10.9 އިތުރު
އިނގިރޭސިވިލާތް - 98،695؛ މިދިޔަ އަހަރަށް ވުރެ %10.2 އިތުރު
އިޓަލީ - 81،545؛ މިދިޔަ އަހަރަށް ވުރެ %8.4 އިތުރު
ޖަރުމަނު - 73،772؛ މިދިޔަ އަހަރަށް ވުރެ %7.6 އިތުރު
ފާހަގަކޮށްލެވޭ - މިއަހަރު ސަރުކާރުން ކަނޑައަޅާފައި ވަނީ 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ