އެއީ ފަރުޟެއް ނޫންނަމަވެސް މި 9 ދުވަހު ރޯދަހިފަން މަސައްކަތްކުރަންވާނެ!: މުފްތީ މެންކް

މި 9 ދުވަހު (ޛުލްހީއްޖާ މަހުގެ ފުރަތަމަ 9 ދުވަހު) ރޯދަ ހިފުމަކީ ފަރުޟެއް ނޫން ނަމަވެސް މި ދަވަހު އެމީހަކަށް ހިފުނުހައި ގިނައިން ރޯދަހިފަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. 
މި 9 ދުވަހުވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަފުޅު ހިއްޕެވިކަން ސުންނަތުން ޘާބިތުވެއެވެ. ހަމައެއާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު އަޅުކަމަކީ ދުވަސްތަކުގެތެރެއިން މި 10 ދުވަހު ކުރާ އަޅުކަމެވެ. މިވަރުންވެސް އެއޮތީ މި 9 ދުވަހު ރޯދަހިފަންވީ ސަބަބު ވަރަށް ރަނގަޅަށް އެނގިފައެވެ. 
ދެން ހަމައެފަދައިން މި 9 ދުވަހު އޮތީ ހަމައެކަނި ޯދަހިފުމެއް ނޫނެވެ. ކުރެވުނުހައި ގިނައިން އަޅުކަންކުރުމެވެ. އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! ކިލަނބުވެފައިވާ ގުޅުންތައްވެސް ބަދަހިކުރާށެވެ. މިހުރީވެސް ހަމަ ހެޔޮ ޢަމަލުތަކެވެ. 
އެއީ ކިތަންމެ ކުޑަ އަޅުކަމެއް ނަމަވެސްމެއެވެ. ދެން މިފަދަ އިތުރުކަން ބޮޑު ދުވަސްތަކެއް ބައްދަލުކުރާނީ 1 އަހަރު ފަހުން ކަމަށްވާތީއެވެ.  
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ