ކަރަންޓު ބިލާ ގުޅޭ ޝަކުވާއެއް އޮތް ނަމަ ސްޓެލްކޯގެ ކޯލް ސެންޓަރަށް ގުޅުމަށް އެ ކުންފުނިން މިއަދު އެދިއްޖެ އެވެ.
ވީ ކިހިނެއް؟ -  ކަރަންޓުގެ އާ ޓެރިފްގެ ދަށުން މިދިޔަ މަހުގެ ކަރަންޓު ބިލުތައް ފޮނުވިއިރު ބިލު ބޮޑު ކަމަށް ބުނެ އާންމުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.
ތަފްސީލް - ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެ ކުންފުނީގެ ކަސްޓަމާ ކެއާ ނަންބަރަށް ގުޅުމަށް އެދެފަ އެވެ. އެގޮތުން:
ސްޓެލްކޯގެ ކަސްޓަމާ ކެއާ ހޮޓްލައިނަކީ 1545
މީގެ އިތުރުން، ސްޓެލްކޯ ކެއާގެ ހިދުމަތް އޮންލައިންކޮށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
 ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކުރިކަން ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ވަނީ އިއުލާނު ކުރައްވައިފަ އެވެ.
ފާހަގަކޮށްލެވޭ - ނަމަވެސް  ރޭޓު ކުޑަކުރިކަން ބިލުތައް ލިބުނުއިރު ނުފެންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރައްޔިތުން ޝަކުވާ ކުރަމުން ގެންދާއިރު، ސްޓެލްކޯ އިން ރޭ ބުނީ އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން މިދިޔަ މަހުގެ ބިލް ހެދުމުން ވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށް ވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ އޭޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ލިބިފައިވާތީ ކަމަށެވެ.
    
    ކަރަންޓު ބިލާ ގުޅޭ ޝަކުވާއެއް އޮތް ނަމަ 1545އަށް ގުޅަން އެދިއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ