ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ބަންގްލަދޭޝްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދު އަދި ޢަބްދުއްރަޙްމާން ފަރީދެވެ. މި ރަސްމިއްޔާތުގައި ޚިދުމަތް ޖަމްޢިއްޔާގެ ޕާޓްނަރު އެންޖީއޯ (އަލް-މަނާހިލް ފައުންޑޭޝަން)ގެ އިސްބޭފުޅުންނާއި އެ ސަރަޙައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް: މިއަދު ވަނީ މި މިސްކިތް ހުޅުވާފައި -- ޝެއިޚް ފަރީދު، މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވުމަކީ ރައްޔިތުންނަށް ނުހަނު ބޮޑު ހިތާމައެއް ލިބިގެންދިޔަ ކަމެކެވެ. ޝެއިޚްގެ ވަކިވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ދެމިގެންދާނެ ފަދަ ޞަދަޤާތެއްގެ ގޮތުން "ޚިދުމަތް ޖަމްޢިއްޔާ" އިން ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ފަންޑެއް ހުޅުވިއެވެ. މި ފަންޑަށް ބޭނުންވާ ފައިސާ ދިވެހި ރައްޔިތުންގެ އެހީތެރިކަމާއެކު ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ހަމަވެފައެވެ. ޚިދުމަތް ޖަމްޢިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި، ބަންގްލަދޭޝްގައި މިއަދު ހުޅުވި މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިއީ ޝެއިޚްގެ ހަނދާނުގައި ކުރި މަތިވެރި މަސައްކަތެއްގެ ފެށުމެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ސިފަކުރެއެވެ. ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝެއިޚްގެ ދެ ދަރިކަލުން -- މީގެ އިތުރުން، ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން، ޚިދުމަތް ޖަމްޢިއްޔާއިން މިހާރު ވަނީ ރާއްޖޭގައި ވެސް ޝެއިޚް އިބްރާހިމް ފަރީދުގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް އިޢުލާނުކޮށްފައެވެ. އެގޮތުން ހުޅުމާލެ ފޭސް ތިނެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 2،500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. https://sun.mv/207874 ޝެއިޚް ފަރީދަކީ ދީނީ ދަޢުވަތު ދިނުމަގާއި ދިވެހި މުޖުތަމަޢަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ނަމުގައި ބިނާކުރެވޭ މި މިސްކިތްތަކަކީ އެމަނިކުފާނު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ ޒިކުރާ އާކުރުމުގެ ގޮތުން ކުރެވުނު ބޮޑު މަސައްކަތެކެވެ. ޝައިޚް އިބްރާހިމް ފަރީދަކީ ދިވެހިރާއްޖޭގެ ދީނީ ދަޢުވަތުގެ މައިދާނުގައި ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ނަމުގައި ބިނާކުރެވޭ މި މިސްކިތްތަކަކީ އެމަނިކުފާނު ދިވެހި އުންމަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ޒިކުރާ ދެމެހެއްޓުމަށް ގޮތުން ކުރެވުނު މުހިންމު މަސައްކަތެކެވެ. ބަންގްލަދޭޝްގައި ބިނާކުރި މިސްކިތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމަކީ ޝެއިޚްގެ ޢާއިލާއަށާއި އެމަނިކުފާނަށް ލޯބިކުރާ ހުރިހާ ދިވެހިންނަށް ލިބުނު ބޮޑު އުފަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ