ފިތުރު ޒަކާތު ފައިސާ އިން ގާޒާއަށް ކާބޯތަކެތީގެ އެހީ ފޮނުވަން 500،000 ރުފިޔާ

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައި މިލިއަން ރުފިޔާ ފޮނުވަން ނިންމާފައިވާ ކަމަށް ދިވެހިރާއްޖޭގެ ޒަކާތް ހައުސް އިން ބުނެފި އެވެ.
ޒަކާތް ހައުސް އިން ބުނީ، ގާޒާއަށް ކާބޯތަކެތީގެ އެހީތެރިކަން ފޮނުވަން ފައިސާ ހަވާލުކޮށްފައިވަނީ އިސްރާ އެސޯސިއޭޝަނާ އެވެ.
މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ‏ދަތިހާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749 ރުފިޔާ ވަނީ ސޯޝަލް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން 15 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތް ހައުސް އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ