ރައްކާގެ މި އަހަރުގެ އެޑިޝަން ލޯންޗްކޮށްފި
ފުލުހުން ކުރިއަށް ގެންދާ "ރައްކާ" ރޯޑް ޝޯގެ މި އަހަރުގެ އެޑިޝަން އިފްތިތާހުކޮށްފި އެވެ.މި ޕްރޮގުރާމް އިފްތިތާހުކޮށްފައިވަނީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ޖަލްސާއެއްގެ ތެރެއިންނެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ.މި ރަސްމިއްޔާތުގައި، އެމްޓީސީސީއާއި، އެޗްޑީސީއާއި، އުރީދޫ މޯލްޑިވްސްއާއި، އެލައިޑް އިންޝުއަރެންސް އަދި ޝީޝާގެ އިސްވެރިންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން ބޭފުޅުންގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވަޑައިގަތެވެ.މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ކެމްޕެއިން" ހަރަކާތްތައް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީއާއި، އެޗްޑީސީއާއި، އުރީދޫ މޯލްޑިވްސްއާއި، އެލައިޑް އިންޝުއަރެންސްގެ އިތުރުން ޝީޝާގެ އިސްވެރިން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ