ބަންޑުން ޖަހާލި ބޯޓުން ގެއްލުނު މީހާ ދިރިހުއްޓާ ފެނިއްޖެ

މާލެ އިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ބޯޓުން ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ބޯޓު ބަންޑުން ޖަހާލީ އޮޅުވެލި ކައިރިން ފަރަކަށް އަރައިގެންނެވެ.
ތަފްސީލް - އެ ބޯޓުން ދަތުރުކުރި 13 މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އޭނާ ވަނީ ފެނިފަ އެވެ.
އެމްއެންޑީއެފް އިން ބުނީ ބަންޑުން ޖަހާލި ބޯޓުން ގެއްލިގެން ހޯދަމުންދިޔަ އިސްމާއިލް އަފީފް ދިރިހުއްޓާ ފެނިފައިވާ ކަމަށެވެ. އޭނާ ފެނުނީ ފިލާގަނޑެއްގެ މަތީގައި އޮއްވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ފުލުހުން ބުނީ އަފީފް ފެނުނީ އޮޔާ ދިޔަ ޕެލެޓެއް މަތީ އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށެވެ. އޭނާ އަށް މިހާރު ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ