އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފި

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 11 އަހަރަށް ޖަލަށްލުމުގެ އިތުރުން، 52 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
މި މައްސަލަ ޔާމީންގެ ފަރާތުން ކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މީގެ މަސްތަކެއް ކުރިން ނިންމާލާފައިވީނަމަވެސް، މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ މިއަދުއެވެ.
މި މައްސަލައިގައި ހައިކޯޓުން އިއްވެވި ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގައިވާ ހުރި ބައެއް މައްސަލަތައް ފާހަގަކޮށްފައެވެ. އަދި މި މައްސަލަ އަލުން ދަށު ކޯޓުން ބެލުމަށްވެސް މިއަދު އިއްވެވި ހުކުމްގައިވެއެވެ.
އިތުރު ތަފްސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ