ފަތުވާ މަޖިލީހަށް އާ މެމްބަރުން އައްޔަންކޮށްފި

އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލީހަށް އައު މެމްބަރުން އައްޔަނުކުރައްވައިފި އެވެ.އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މަޖިލިހަށް އައްޔަން ކުރެއްވި މެމްބަރުންނަކީ ޑރ. މޫސާ އަންވަރު ހަސަން އާއި ޑރ. އަލީ ޒާހިރެވެ.އެ ދެ ބޭފުޅުން އައްޔަން ކޮށްފައިވަނީ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖޭގެ ގައުމީ ޔުނިވަސީޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން އައްޔަންކުރާ މެމްބަރުންގެ ތެރެއިން ކަމަަށް މިނިސްޓްރީން ބުނެއެވެ.އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް މިހާރު ހަމަޖެހިފައިވާ ގޮތަކީ:ޑރ. މުހައްމަދު ރަޝީދު އިބްރާހީމްޑރ އަބްދުއްސައްތާރު އަބްދުއްރަހްމާނުޑރ މޫސާ އަންވަރު ހަސަންޑރ އަލީ ޒާހިރުޝެއިހް އިލްޔާސް ހުސެއިންދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤުހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ފޯރުކޮށްދިނުމަށްޓަކައި، ”އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް“ގެ ނަމުގައި މަޖިލީހެއް އުފައްދާފައި ވަނީ 25 އޭޕްރިލް 2016 ގައެވެ.މި މަޖިލީހަކީ އިސްލާމިކް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިނގަމުންދާ ވަކި އިދާރާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ