ވެލާނާ އެއާޕޯޓުން ކަރަންޓް ކެނޑިއްޖެ

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު އެއްކޮށް ކަރަންޓް ކެނޑި ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
ކަރަންޓު ކެނޑުނީ ހެނދުނު 8:30 ހާއިރު އެވެ. ކަރަންޓް ކެނޑުމާ ގުޅިގެން ބެކަޕް ޖެނެރޭޓަރުތައް ބޭނުންކޮށްގެން ޓާމިނަލްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔަ ނަމަވެސް މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ބެކަޕް ވެސް ފެއިލްވެ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫ އަރައިފަ އެވެ.
އެހެންވެ ވީހާ ވެސް އަވަހަކަށް ކަރަންޓްގެ މައްސަލަ ހައްލުކޮށް، އަލުން ކަރަންޓް ދޭން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ވީއައިއޭ އަށް ކަރަންޓް ދެނީ އެ އެއާޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އިން އަމިއްލައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ