ވަރުގަދަ އިޤްތިސޯދީ ވައުދުތަކާއެކު މިފަހަރު ޔާސިރު

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ފާހަގަކުރވެފައިވަނީ ހިނގަމުންމިދާ މަޖިލިސް ދައުރުގައި ކުޅުދުއްފުއްޓާއި ޤައުމީ މަސްލަހަތު ހިމެނޭ މުހިންމު މަސައްކަތަކެއްގައި ބައިވެރިވެ އަޑުއުފުލި މެމްބަރެއްގެ ގޮތުގައެވެ. އެގޮތުން މީހުން ބިނާކުރުން، ސިއްހީ، އިޖްތިމާއީ، ތައުލީމީ އަދި ސިޔާސީ ގޮތުން ކުޅުދުއްފުށްޓަށް ހޯދުނު ކުރިއެރުންތައް ފާހަގަކުރެވެއެވެ.
19ވަނަ މަޖިލީހުގައި ޔާސިރު މަސައްކަތް ކުރެއްވި ކޮމެޓީ ތަކާ ފުރުއްވި މަގާމުތަކަކީ:
އިމްތިޔާޒް އަދި ސުލޫކް ކޮމެޓީގެ މުޤައްރިރުކަންދިވެހިރާއްޖެއާއި ސައުތް ކޮރެއާ އާއި ޕާރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ރައީސްކަންމާލިއްޔަތު ކޮމެޓީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއައި.ސީ.ޓީ ކޮމެޓީޤަވާއިދު ކޮމެޓީބަޖެޓް ދިރާސާކުރާ ކޮމިޓީއިޤްތިޞާދީ ކޮމިޓީއެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީމުޅި މަޖިލީހުގެ ކޮމިޓީމާލިއްޔަތު ކޮމިޓީ ލާމަރުކަޒީ ކޮމިޓީޖޮއިންޓް ކޮމިޓީ، އޮޑިޓް އަދި އެކައުންޓިންގއާ ގުޅޭ ބިލުތައް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީއެމް.އެމް.އޭގެ ޤާނޫނުއާއި ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުއަށް އިސްލާޙް ގެނައުމުގެ ބިލު އަދި ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީމާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއޮޑިޓް ރިޕޯޓްތައް ދިރާސާކުރާ ކޮމިޓީސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް ކޮމިޓީމުޅި މަޖިލީހުގެ ކޮމިޓީގެ ސަބް ކޮމިޓީ
ކޮމެޓީ ތަކުގައި ކުރައްވާފައިވާ މަސައްކަތްތަކުގެ އިތުރުން 39 ބިލެއްގެ މަސައްކަތް ފުރިހަމަ ކުރުމުގައިވެސް މުހިންމު މަސައްކަތްތަކެއް ޔާސިރު ކުރައްވާފައިވެއެވެ.
20 ވަނަ މަޖިލީހުގައި ކުޅުދުއްފުއްޓާއި ބޮޑުތިލަދުންމަތީގެ ތަރައްޤީއަށް ހުރިހާ ދާއިރާއަކުންވެސް މަސައްކަތްކުރުމުގެ ގިނަ ވިސްނުންތަކެއް ޔާސިރުވަނީ ހިއްސާކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް ކުރިއަށްއޮތް ދައުރުގައި ޔާސިރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ މަސައްކަތަކީ ބޮޑުތިލަދުންމައްޗާއި ކުޅުދުއްފުށީގެ އިޤްތިޞާދީ ހާލަތު ބަދަލުކޮށް، ރައްޔިތުން ފުދުންތެރިކުރުވާ، ޒުވާނުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން ކަން ގިނަ ޕްލެޓްފޯމްތަކުގައި ޔާސިރު ހިއްސާކުރައްވާފައިވެއެވެ.
ހިނގަމުންމިދާ ދައުރުގައިވެސް މިދެދާއިރާއިން ޔާސިރު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އަދި މި މަސައްކަތްތަކުގެ މައްޗަށް ކުރިއަށް އޮތް ދައުރަށް ހުށަހަޅާ ޔާސިރުގެ ވިސްނުންތަކަކީ:
އިޤްތިޞާދީ ދާއިރާއިން މިދައުރުގައި ޔާސިރު ކުރެއްވި މުހިންމު މަސައްކަތްތައް.
• ކުޅުދުއްފުއްޓާއި އުތުރުގެ ވިޔަފާރި ފުރުސަތު އިތުރުކޮށް އިޤްތިސާދު ކުރިއެރުވުމަށް އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 17 ވަނަ އިސްލާހު ގެނެސް،ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު މެދުވެރިކޮށް އިމްޕޯޓްކުރެވޭ ތަކެތިން %50 ޑިއުޓީ މާފްކުރުން.
• ކުޅުދުއްފުށީގެ ވިޔަފާރިގެ ސީލިންގ މަތިކޮށް، މުޅި ބޮޑުތިލަދުންމަތީގެ އިގްތިސާދު ގުޅުވާލުމަށް ސަރުކާރުގެ ތެރެއިން އާރް.ޓީ.އެލް ފެރީ ނެޓްވޯކް އެންމެ ފުރަތަމަ ފެއްޓުން.
• ފަތުރުވެރިކަމުގެ ވިޔަފާރިއަށް މަގުފަހިކުރުމަށް ލޭންޑް ރެންޓް ރާއްޖެގެ ހުރިހާ ސަރަހައްދެއްގައި 8 ޑޮލަރަށް އޮތްއޮތުން ބަދަލުކޮށް ތިލަދުންމަތީގެ ލޭންޑް ރެންޓް 4 ޑޮލަރަށް ތިރިކުރުން.
• ސަރުކާރު ހިއްސާވާ ކުންފުނިތައް ތައާރަފް ކުރުމާއި އިތުރު އިންވެސްޓްމެންޓްތައް ތައާރަފްކޮށް ސީދާގޮތެއްގައި 489 ވަޒީފާ އުފެއްދިފައި.
• މަޖިލީހުގެ ތެރެއިން ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 241 އިސްލާހާއެކު ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ލިބި ސިޓީ ކައުންސިލެއް އުފެދި، ޕްރޮޖެކްޓް ތަކާއި ހަރަކާތްތައް ހިންގަން ފެށުމާއި އެކު، ކޮންސްޓްރަކްޝަން، ކޮންޓެންޓް ކްރިއެޝަން، ކޭޓަރިން،އިވެންޓް މެނޭޖްމަންޓް ފަދަ ދާއިރާ ތައް އުފެދި،ކުރިއަރާ، ޒުވާން ވިޔަފާރިވެރިންނާއި ވަޒީފާގެ އެތަކެއް ފުރުސަތު ތަކެއް ފަހިކުރެވުން.
• 37 އަހަރަށްފަހު ބޮޑު ތިލަދުންމަތީގެ މައި ވައިގެ ދޮރޯށި ހަގީގީ މާނައިގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް ތަރައްޤީކުރަން ފެށި އުތުރުގެ އިޤްތިޞާދަށް އުންމީދެއް ލިބިގެންދިޔަ.
• ބޮޑުތިލަދުންމަތީގައި ލޯކަލް ޓުއަރިޒަމަށް ރަށްރަށް ތައްޔާރުކުރުމުގެ ގޮތުން ރަށްރަށުގައި އެންމެ އަސާސީ ހިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާގެ ހިދުމަތް ޤާނޫނަކުން ކަށަވަރުކުރުން.
އިޤްތިޞާދީ ދާއިރާއިން 20 ވަނަ މަޖިލީހަށް ޔާސިރު ހުށަހަޅާ ވިސްނުންތަކަކީ
• ބިޒްނަސް އިންކިއުބޭޓަރތައް އުފައްދައި ފައިނޭންޝިއަލް އިންސްޓިޓިއުޝަންސްއާ ގުޅުވައިދިނުމަށް ކުދި އަދި މެދުފަންތީގެ ޤާނޫނަށް އިސްލާހް ހުށަހެޅުން.
• އާ އީޖާދުތަކާއި ޕޭޓެންޓާއި ކޮޕީރައިޓާއި ޓްރޭޑްމާކްތައް ފަދަ އިންޓަލެކްޗުއަލް ޕްރޮޕަރޓީގެ ހައްގުތައް ކަށަވަރުކުރުމަށް ޤާނޫނީ ފަރުވާ ހޯދުން.
• އާ ވިޔަފާރިތައް ފެށުމަށާއި، ކުދި ވިޔަފާރިތައް ފުޅާކުރުމަށް ގެންނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް އިސްލާހް ހުށަހެޅުން.
• އަލަށް ވިޔަފާރި ފެށުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން، އެސްއެމްއީ ލޯންތަކުން އެކުއިޓީ އަދި ރަހުނުގެ ޝަރުތު އުވާލުމަށް ޤާނޫނަށް އިސްލާހް ހުށަހެޅުން.
• އަމިއްލަ މަސައްކަތްކުރާ ކޮންމެ މީހަކީ މާލީ ނިޒާމުގެ ތެރެއިން ބޭންކުތަކުން ދޭ ހިދުމަތްތަކަށް ޝަރުތުހަމަވާބައެއްކަން ޤާނޫނުގެ ތެރެއިން ކަށަވަރުކުރުން.
• ދިވެހިރާއްޖޭއަކީ %99 ކަނޑު ހިމެނޭ ގައުމަކަށްވުމާއެކު ކަނޑުތަކުގެ ވަސީލަތްތަކުގެ ފުރިހަމަ ނަފާ ހޯދޭނެ ގޮތްތައް ޤާނޫނީގޮތުން ކަށަވަރުކުރުން.
• ފަތުރުވެރިކަން ސިންތަފާތުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ފަތުރުވެރިކަން ފުޅާކުރުމަށް ރާއްޖެ އަންނަ ސުޕަރ ޔޮޓް ތަކަށް ދޫކުރާ ޕާރމިޓްތަކުގެ ތެރެއިން ވަކި އަދަދެއްގެ ކޯޓާ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޙާއްސަކުރުމަށް ފަތުރުވެރިކަމާބެހޭ ޤާނޫނަށް އިސްލާހް ހުށަހެޅުން.
• ކުޅުދުއްފުށި ސަރަހައްދީ ބަނދަރު މެދުވެރިކޮށް، ބޮޑުތިލަދުންމަތީގެ އިޤްތިޞާދު އަލުން ބިނާކުރުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުން.
• ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ޤައުމުގެ ތަރައްޤީގެ ތަސައްވަރު ބަދަލުވުން ހުއްޓުވައި ދެމެހެއްޓެނިވި ހަމަހަމަ ސަރަހައްދީ ތަރައްޤީ ކަށަވަރުކުރުމަށް ޤައުމީ ތަރައްޤީގެ ޕްލޭން ޤާނުނެއްގެ ފެއްތުމަށް ހުށަހެޅުން.
ޔާސިރު ހުށަހަޅުއްވާ ވިސްނުމަކީ ދުނިޔޭގެ މީހުން ދިރިއުޅޭ ބައްރާ އެންމެ ކައިރީގައިވާ ބޮޑުތިލަދުންމަތީގެ އިޤްތިޞާދު ބިނާކުރުމަށް ހުރި ހުރަސްތައް ގިރާކޮށް ވަށާޖެހޭގޮތެއްގައި ފުދުންތެރި ތަނަވަސް ބޮޑުތިލަދުންމައްޗަކަށް މިފަޚްރުވެރި ބޮޑުއުތުރު އަލުން އިޔާދަކުރުމެވެ.
މި ކުޅުދުއްފުށްޓަށް މިއަދު ބޭނުންވަނީ އަދަށްވުރެ އަދި މާނަޔާ ފާގަތި ދުވަސްތަކަކަށް ގެންނާނެ މީހެކެވެ. މިބިޔަ ބޮޑުތިލަދުންމަތި އަދަށްވުރެ އަދި މާރޯޝަނީ މަންޒިލަކަށް ގެންދާނެ މީހެކެވެ. ކުޅުދުއްފުށީ ރައްޔިތުންނާއެކު މިދަތުރުގައި އިސްނަގާނެ އާރު ކާޓީއެކެވެ.
ޔާސިރަކީ އެންމެ ފުރަތަމަ ދުވަހުވެސް މިއަދުވެސް މިރަށަށް، މި ބޮޑުތިލަދުންމައްޗަށް ހުވެފެނަކާއި ތަސައްވުރެއް އޮވެގެން މަސައްކަތްކުރަމުން އަންނަ ފަރާތެކެވެ. ޔާސިރު ދައްކާ ނަމޫނާ އަކީ ރަށަށް ހޯދަން ބޭނުންވާ ކަންކަމަށް ގަދައަޅާ މަސައްކަތްކުރުމާއި، ހާސިލްކުރުމަށް ބޭނުންވާ ތަރައްޤީ ހާސިލް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމަކަށް ފަސްނުޖެހި ގުރުބާންވުމެވެ.
ކުޅުދުއްފުށީގެ ކަންކަން ކުރިއަރުވާ ތަރައްގީވެ ތަހުޒީބުވެ ދާން ބޭނުންވަނީނަމަ ރައްޔިތުން ހޭލާށެވެ. ކުރިއަރާދެވޭނެ ގޮތްތަކާ ކަންކަމާމެދު ސައްލާކޮށް ސިކުނޑި ހިންގާލާށެވެ. މިމަގުން ދަތުރުކޮށް ކާމިޔާބަށް ވާސިލްވުމަށް މިފަހަރު ޔާސިރު ނުކުންނަނީ ބޮޑު ތިލަދުންމަތީގެ މަލަމަތި ބަދަލުކޮށް، ބޮޑުތިލަދުންމައްޗާއި ކުޅުދުއްފުށީގެ އިޤްތިސާދީ ހަރަކާތާއި ބާރުވެރިކަން އަލުން އިޔާދަކުރުމަށެވެ. ކުޅުދުއްފުށީގެ ރައްޔިތުންނަށް މިއަދު އެންމެ މުހިންމުވަނީ ރަށަށްމޮޅުގޮތްކަން ޔަޤީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ