އެމްއެމްއޭގެ ކުއާޓަލީ ދިރާސާ | 117 ވިޔަފާރި، ގިނަ ވިޔަފާރިއަށް ކުރިއެރުން

މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ މާރިޗް 26 އިން 18 އެޕްރީލްގެ ނިޔަލަށެވެ. ގިނަ ވިޔަފާރިން ބުނެފައިވަނީ ވިޔަފާރި ކުރިއަރާފައިވާ ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ މައިގަނޑު ވިޔަފާރިތަކަށް ކުރިއެރުން ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކުން ހެދި ސާވޭ އިން ދައްކައިފި އެވެ. 
މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި ޓެލެކޮމިއުނިކޭޝަން ދާއިރާގެ ބޮޑު 117 ވިޔަފާރިއެއް ބައިވެރިކޮށްގެން މި އަހަރުގެ މާރިޗް 26 އިން 18 އެޕްރީލްގެ ނިޔަލަށް ހެދި ކުއާޓަލީ ބިޒްނަސް ސާވޭ (ކިއުބީއެސް) ގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ބުނެފައި ވަނީ މައިގަނޑު ގޮތެއްގައި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރި ރަނގަޅު ކަމަށެވެ.
މި ސާވޭގައި ބައިވެރިވި ޓޫރިޒަމް ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ޓޫރިޒަމްގެ ޕީކް ސީޒަންގައި ވިޔަފާރި މައިގަނޑު ގޮތެއްގައި ރަނގަޅެވެ. ނަމަވެސް ކުރިއަށް އޮތީ ޓޫރިޒަމްގެ އޮފް ސީޒަނަށްވުމުން ދަށްވުމުގެ ފުރުސަތު އެބައޮތެވެ. 
މި ސާވޭގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގެ ގިނަ  ވިޔަފާރިތަކުން ވެސް ބައިވެރިވެފައިވެ އެވެ. މި ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ކޮންސްޓްރަކްޝަން ސިނާއަތުގެ ވިޔަފާރިތަކަށް ވަނީ ހަ ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. ނަމަވެސް މި ސިނާއަތަށް ނިމިދިޔަ ކުއާޓަރުގައިވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ބުނެފައިވަނީ މީހުން ލިބުމުގެ މައްސަލަ އެވެ. އަދި އަންނަ ކުއާޓަރުގައި ރަނގަޅުވާނެ ކަމަށް ބުނެފައިވާއިރު، ތަކެތީގެ އަގުތައް އުފުލުމަކީ މައްސަލައެއްގެ ގޮތުގައި ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ބުނެފައިވެ އެވެ. 
ރާއްޖޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލު އެންމެ ބޮަޑަށް އެނގޭ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ސާވޭއާއި ސަޕްލައި ވަނީ މި ކުއާޓަރުގައި އިތުރުވެފަ އެވެ. އަދި ދަތުރުފަތުރާއި ޓްރާންސްޕޯޓް ދާއިރާގެ ގިނަ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ޖުމްލަ ގޮތެއްގައި މި ވިޔަފާރިތައް ރަނގަޅުވާނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ