ހީނާ ވިދާޅުވަނީ ސިޔާސަތަކީ ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުން ކަމަށް، ނަމަވެސް “މަތިން” މުއިއްޒު އަންގާފައި ވަނީ މައުލޫމާތު ދިނުމުގައި ދަތިކޮށް ނުދޭން!

މި ސަރުކާރުން މައުލޫމާތު ހާމަކުރުމާ ދެކޮޅު އެންގުމެއް ނާންގާނެ ކަމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވީ، ސަރުކާރު ކުންފުންޏަކުން ހިންގަމުން އަންނަ ޕްރޮޖެކްޓަކާ ގުޅޭ މައުލޫމާތެއް ހޯދަން އެދުމުން، އީމެއިލްގެ ޒަރިއްޔާއިން މައުލޫމާތަށް އެދި ހުށަހަޅަން ކުންފުންޏެއްގެ ޕީއާރު އޮފިސަރަކު އެންގި ކަމުގެ ކަންބޮޑުވުން ނޫސްވެރިޔަކު ހިއްސާކުރުމުންނެވެ.
އެ ނޫސްވެރިޔާ އިތުރަށް ބުނީ މިއީ ސިޔާސަތަށް އައި ބަދަލެއްތޯ ޕީއާރު އޮފިސަރާ ސުވާލުކުރުމުން އެކަން އެގޮތަށް ކުރަން އެންގީ “މަތިން” ކަމަށް އޭނާ ބުނި ކަމަށެވެ. މިއާ ގުޅުވާ ސަރުކާރުން އެގޮތަށް އެންގީތޯ ސުވާލުކުރުމުން ޖަވާބުގައި ހީނާ ވަނީ ކަނޑައެޅިގެން ދޮގު ހަދާފައެވެ. އީމެއިލް ކުރުމަށް ބުނެ، މައުލޫމާތު ނުދީ ހިފައްޓާފައި ވީނަމަވެސް، ޕްރެސް ކޮންފެރަންސްގައި ދޮގު ހަދަމުން ހީނާ ވިދާޅުވީ ރައީސް އޮފީހުން ވިޔަސް ވަޒީރަކު ވިޔަސް އަދި ކުންފުންޏެއްގެ އިސްވެރިއަކު ވެސް މައުލޫމާތު ހާމަކުރުމާ ދެކޮޅަށް އެއްވެސް އެންގުމެއް ނާންގާނެ ކަމަށެވެ.
ރައްޔިތުންގެ ކުރިމަތީގައި ރައީސް އޮފީހުންނާއި، މުއިއްޒާއި، މިނިސްޓަރުން މީޑިޔާއާއި މާ ގުޅޭ ބަޔެއް ގޮތުގައި، އަދި ރައްޔިތުންނަށް ކަންކަން ކުރުމުގައި ހާމަކަން ބޮޑު ސިޔާސަތެއް ގެންގުޅޭ ކަމަށް ދެއްކުމަށްފަހު، އަމަލުން އިސް ކުރަމުންދަނީ އެއާއި މުޅިން އިނދިކޮޅު ކަންކަމެވެ. ނޫސްތަކަށް ދިޔަ ސްޕޮންސަރ ތައް ވަކި ބަޔަކަށް ނޫނީ ނުދިނުމަށް ރައީސް އޮފީހުން އަންގައި، މައުލޫމާތު ދިނުމުގައި އިންތިހާއަށް ދަނީ ހުރަސް އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ