ކުޑަކުދީންގެ ދުވަސް؛ ހިންމަފުށީގެ ތިން މިސްކިތުގައި ފަސް ވަގުތު ބަންގިގޮވާ އިމާމުވެ ނަމާދުކުރީ މި ދަރިވަރުން

"މި ދަރިވަރުން ރޭ ފަތިސް ނަމާދުން ފެށިގެން މިރޭ އިޝާ ނަމާދުގެ ނިޔަލަށް ހުރިހާ ވަގުތެއް ގައި ބަންގި ގޮވާ އިމާމުވެ ނަމާދު ކުރީ،"
މިއަދަކީ ރާއްޖޭގެ ކުޑަކުދީންގެ ދުވަހެވެ. ކުޑަކުދީންގެ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަަނީ ފާހަގަ ކުރަމުންނެވެ. މިއަދާ ގުޅުވާ ބައެއް މީޑިއާތަކުގައި ޕްރަގްރާމްތައް ހުށައަޅަނީ ކުޑަކުދީންނެވެ. ވަރަށް ގިނަ ރަށްރަށުގައި ކުޑަކުދީންގެ ހަވީރާއި ކުޑަކުދީންނާއި ގުޅޭ ތަފާތު އިވެންޓްތައް ބާއްވާފައިވެ އެވެ.
ކުޑަކުދީންގެ ދުވަސް ފާހަގަ ކުރުމަށް މި އަހަރު އެންމެ ފާހަގަކޮށްލެވޭ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވަނީ ކ. އަތޮޅު ހިންމަފުށީ ގައެވެ. އެ ރަށު ކައުންސިލުން ވަނީ ކުޑަކުދީންގެ ދުވަހާއި ގުޅިގެން ރަށުގެ ހުރިހާ މިސްކިތްތަކެއް ގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން ސުކޫލު ދަރިވަރުން ލައްވާ ކުރިއަށް ގެންގޮސްފައެވެ.ހިންމަފުށީ ކައުންސިލްގެ ރައީސް ހުސައިން ފާއިޒު "ދަ މިރާ" އަށް ވިދާޅުވި ގޮތުގައި ރޭ ފަތިސް ނަމާދުން ފެށިގެން މިރޭ އިޝާ ނަމާދުގެ ނިޔަލަށް ރަށުގެ ތިންް މިސްކިތު ގައި ވެސް ބަންގި ގޮވާ ނަމާދުކޮށް ހެދީ ސުކޫލު ދަރިވަރުންނެވެ. އެއީ؛
"މި ދަރިވަރުން ރޭ ފަތިސް ނަމާދުން ފެށިގެން މިރޭ އިޝާ ނަމާދުގެ ނިޔަލަށް ހުރިހާ ވަގުތެއް ގައި ބަންގި ގޮވާ އިމާމުވެ ނަމާދު ކުރީ،" ފާއިޒު ވިދާޅުވި އެވެ.މިއަދުގެ ހުކުރު ހުކުރު ނަމާދު އިމާމުވެ ކުރީ ޒުވާން ހަތީބުންގެ ތެރެއިން ތަމްރީންވި ތިން ކުއްޖެކެވެ. އެއީ ވެސް ހިންމަފުއްޓަށް ނިސްބަތްވާ ކުދީންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ