ސިޔާސީ ލީޑަރުންނަށް ރައީސް ގޮވާލެއްވީ އެކުގައި ކުރިއަށް ދާން

"ކޮންމެ ބޭފުޅަކު އެއީ ކޮންމެ ސިޔާސީ ހިޔާލެއްގެ ބޭއްފުޅަކު ވިޔަސް އެ ނިންމުން ހިތުގެ އަޑިން ނިންމަވާ. އޭރުން އިރާދަކުރެއްވިއްޔާ އެ ފެށެނީ ވަރުގަދަ ފެށުމެއް. އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެންގެ އަތުން އާރާސްތު ކުރުމުގެ ފެށުން،"
ހިޔާލުތަފާތުވުންތައް ދޫކޮށްލާ ރައްޔިތުންގެ ހައްގުގައި އެންމެން އެކީގައި މަސައްކަތް ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންނަށް ރައީސް ގޮވާލައްވައިފި އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ސުޕަމެޖޯރިޓީގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ގައުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ގައުމު ކަމަށާއި މި ގައުމުގަށް ލިބޭ ކޮންމެ ކުރިއެރުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބޭ ކުރިއެރުމެއް ކަމަށެވެ.އެކަން ފާހަގަކުރައްވައި ރައީސް ވަނީ ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ހުރިހާ އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާފަ އެވެ. ރައީސް ވިދާޅުވީ އެއްވެސް ރައްޔިތެއްގެ މެދުގައި އެމަނިކުފާނު ތަފާތު ނުކުރައްވާނެ ކަމަށެވެ. އެއީ ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކަސް ހެޔޮ ކަމަށެވެ."އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކީގަ އުފަލާއެކީގަ ގޮވާލަން ހުރިހާ ސިޔާސީ ވެރިންނަށްވެސް، ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް، ހިންގަވާށޭ ކުރިއަށް ދާން. މިގައުމަކީ އަޅުގަނޑުމެންގެ އެންމެންގެ ގައުމު. މިގައުމަކީ ކޮންމެ ދިވެހި ލޮބުވެތި ރައްޔިތެއްގެ ވެސް ގައުމު. އެހެންވީމަ ހުރިހާ އެންމެން އެކުވެރިކަމާއެކީގަ އަތުކުރި އޮޅާލައިގެން ހިނގާށޭ ކުރިއަށް ދާން،" ރައީސް ގޮވާލެއްވި އެވެ.ރައީސް ވަނީ އިންތިހާބު ތެރޭގައި ޕީޕީއެމް / ޕީއެންސީ އެތެރޭގައި އޮތް ހިޔާލުތަފާތުވުންތައް ވެސް ދޫކޮށްލައި އެކުވެރިކަމާއެކު ކުރިއަށް ދިއުމަށް ގޮވާލައްވާފަ އެވެ. ރާއްޖެ ތަރައްގީ ކުރުމަށް އެކުވެރިކަން ވަރަށް މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.ގައުމުގެ އުޖާލާ ކަމަށާއި މިނިވަންކަން ޔަގީކުރުމުގެ އަޒުމާއި ގައުމުގެ މުސްތަގުބަލު އުޖާލާކުރުމުގެ އަޒުމް މިރޭ ކަނޑައަޅައި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ. "ކޮންމެ ބޭފުޅަކު އެއީ ކޮންމެ ސިޔާސީ ހިޔާލެއްގެ ބޭއްފުޅަކު ވިޔަސް އެ ނިންމުން ހިތުގެ އަޑިން ނިންމަވާ. އޭރުން އިރާދަކުރެއްވިއްޔާ އެ ފެށެނީ ވަރުގަދަ ފެށުމެއް. އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެންގެ އަތުން އާރާސްތު ކުރުމުގެ ފެށުން،" ރައީސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ