ކުނިއެޅުމުގެ މައްސަލަ ބޮޑުވެ، މާލޭ ދެކުނު ފަރާތު ބަނދަރު ފެންސު ޖަހައި ބަންދުކޮށްފި

ކުނިއެޅުމުގެ މައްސަލަ ބޮޑުވެ، މާލޭ ދެކުނު ފަރާތު ބަނދަރު ފެންސު ޖަހައި ބަންދުކޮށްފިއެވެ.
މާލޭސިޓީ ކައުންސިލުން މަޢުލޫމާތުދެއްވި ގޮތުގައި، މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އަޅަމުން ދާތީ، އެކަން ހުއްޓުވުމުގެ ގޮތުން، އެ ސަރަހައްދުގައި ވަނީ ފެންސު ޖަހައި ބަންދުކޮށްފައެވެ.
އެ ސަރަހައްދުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
Advertisement
 މި މަސައްކަތާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، މާލެއަކީ ސާފުތާހިރު ރީތި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.
މާލެ ސަރަހައްދު ސާފުކޮށް ބޭއްވުމަށް، ސިޓީ ކައުންސިލުން މިފަހުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، މާލޭ އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ސަރަހައްދާއި ގުޅިފައިވާ ދެކުނު ފަރާތު ބަނދަރުވެސް، މާލޭ ސިޓީ ކައުންސިލުންވަނީ ވަރަށް ފަހުން ސާފު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ