ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ގާޒީ ވަކިކުރަން ނިންމައިފި

ޖޭއެސްސީން ބުނި ގޮތުގައިއަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު އޭނާ މަސައްކަތް ކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެނެވެ.
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދި ކަމުގެ ތުހުމަތު އޮތް އެ ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލަ އެ ކޯޓުގައި ހިނގަމުންދަނިކޮށް، އެ ގަޒިއްޔާ ބަލަމުންދިޔަ އިސް މެޖިސްޓްރޭޓް އަލީ އާދަމް، ދައުވާގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށްފައިވާ ކަަމަށާ އަދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ރަހްމަތްތެރިކަން ބާއްވަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން ތަހުގީގަށް ލިބިފައިވާ ސްކްރީން ޝޮޓްތަކުންނާއި ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.ޖޭއެސްސީން ބުނި ގޮތުގައި އިސްމެޖިސްޓްރޭޓް އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު އިސްމެޖިސްޓްރޭޓް އަލީ އާދަމް މަސައްކަތް ކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެން އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާ ކަމަށެވެ. އަދި މި އަމަލު ތަކަކީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު އަމަލުތަކެއްކަން ސާބިތު ވާތީ އޭނާ ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް މިއަދު ބޭއްވުނު ކޮމިޝަންގެ ބައްދަލްވުމުގައި ނިންމާފައިވާ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ