ހިއްކާ ސަރަހައްދުން ވެލި ނަގާ ނަމަ ފިޔަވަޅު އަޅާނަން: މަރަދޫ ކައުންސިލް

ހިއްކާ ސަރަހައްދަށް އަޅާފައިވާ ވެލި، ބައެއް މީހުން ނަގަމުންދާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އައްޑޫ  ސިޓީ މަރަދޫ ކައުންސިލުން ބުނެފިއެވެ.
މަރަދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިހާރު ކުރިއަށްދާ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މަރަދޫ ބިން ހިއްކުން ކުރިއަށްގެންދާ ސަރަހައްދުން ބައެއް މީހުން  ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
އެހެންވެ އެއީ މަނާކަމެއްކަން ހަނދާންކޮށް ދޭ ކަމަށާއި އަދި،  އެކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ވާހަކަ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށެވެ.
ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން އެންމެ ފުރަތަމަ ހިއްކަނީ މަރަދު އެވެ. މި މަޝްރޫއު މި މަހުގެ 3 ގައި ރަސްމީކޮށް އިފުތިތާހުކޮށް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ