އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގައި މިއަދު އެއްވެސް އިދާރީ މުވައްޒަފަކު ނެތުމުގެ ސަބަބުން ޚިދުމަތް ހޯދަން ދިނަ މީހުންނަށް ޚިދުމަތް ނުލިބުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެރަށު މެޖިސްޓްރޭޓް ކޯޓަށް ޚިދުމަތް ހޯދަން ދިޔަ މީހަކު "ދިޔަރެސް"އަށް ބުނީ ކޯޓަށް ޚިދުމަތް ހޯދަން މިއަދު ދިޔައިރު އެތަނުގައި ހުރީ ވޮޗަރު އެކަނިކަމަށާއި އިދާރީ އެއްވެސް މުވައްޒަފަކު ނެތްކަމަށެވެ.
އޭނާ އިތުރަށް ބުނީ އެތަނުގައި މިވަގުތު އިތުރު އެއްވެސް މުވައްޒަފަކު ނެތްކަމަށް ވޮޗަރުވެސް ބުނިކަމަށާއި އިދާރީ އެއްވެސް މުވައްޒަފަކު މިވަގުތު ރަށުގައި ހުރިކަމަށްވެސް ނުބެލޭކަމަށެވެ.
"ދިޔަރެސް"އަށް މި މައުލޫމާތު ލިބުމާ ގުޅިގެން ހިމަންދޫ ކޯޓުގެ ރަސްމީ ނަމްބަރަށް ގުޅުމުން ޖަވާބު ދީފައެއް ނުވެއެވެ. އެހެންކަމުން ކޯޓުގައި މި ވަގުތު އިދާރީ މުވައްޒަފަކު ނެތް ކަމަށް ބެލެވެއެވެ.
އިދާރީ މުވައްޒަފަކު ނެތުމުން ހިމަންދޫ މެޖިސްޓްރޭޓް ކޯޓުން ޚިދުމަތެއް ނުލިބުނު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ