ބޯ ވިއްސާރައާއެކު ގުގުރި ވަގުތު ހިޔާ ޓަވަރުން ކަރަންޓު ކެނޑިއްޖެ
މިރޭ ބޯ ވިއްސާރައާއެކު ގުގުރި ވަގުތު ހިޔާ ޓަވަރުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިއްޖެއެވެ. މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބޯކޮށް ވާރޭވެހުނު ވަގުތު ހިޔާ ޓަވަރުން ކަރަންޓު ކެނޑުނުކަމުގެ މައުލޫމާތު ލިބިފައި ވާކަމަށެވެ. "މީހަކަށް އަދި އެއްޗަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. މިރޭގެ ވަގުތެއްގައި ހުޅުމާލެއިން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ވަނީ، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހުޅުމާލޭގެ އެއް ފީޑަރު ނިވި ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ނަމަވެސް އޭގެ 30 ވަރަކަށް މިނިޓު ފަހުން އެ މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ސްޓެލްކޯއިން ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ. މިރޭ ކުރި ވިއްސާރައިގައި ހުޅުމާލެ ޓަވަރަކަށް ހޮނުއަޅާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ