ދިރާގު އީދު ބޮނޑިބަތް ހަރަކާތަށް މިފަހަރު ވެސް ބޮޑު ތަރުހީބެއް

ދިރާގުން ބޮޑު އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ 'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް މި އަހަރު ވެސް އާންމުންގެ ގިނަ ބައެއްގެ ބައިވެރިވުމާއި ތަރުހީބާ އެކު މިއަދު ކުރިއަށް ގެންގޮސްފި އެވެ.
ތަފްސީލް - މި އަހަރު އީދު ބޮނޑިބަތް ބަހާފައިވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގަ އާއި އެޗުޑީސީއާ ގުޅިގެން ހުޅުމާލޭގަ އެވެ.
މިއީ، ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން، ބޮޑު އީދުގެ އުފަލުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިރާގުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ހަރަކާތެކެވެ.
ފާހަގަކޮށްލެވޭ - މި ހަރަކާތުގެ އިތުރުން، ދިރާގުން ވަނީ އެކި ރަށްރަށުގެ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތް ގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ދިރާގުން އަންނަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި ދިވެހިންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ