އުސްފަސްގަނޑުން ގެންދިޔަ ތަކެތި މާދަމާ 10 ކުރިން އަނބުރާ ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފި

އެމްޑީޕީން ސިޔާސީ ހަރަކާތް ހިންގި އުސްފަސްގަނޑުން ސަލާމަތީބާރުތަކުން ގެންދިޔަ ތަކެތި މާދަމާ 10ގެ ކުރިން އުސްފަސްގަނޑަށް ގެންގޮސް ހަވާލުކުރަން ޖެހޭނެކަމަށް ސިވިލް ކޯޓުން މި ރޭ އަމުރުކޮށްފި އެވެ.
އުސްފަސްގަނޑުން ގެންދިޔަ ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެންގުމާ ގުޅިގެން އެމްޑީޕީން ހުށަހެޅި މައްސަލައިގައިބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭ 21:30 ކުރިން ތަކެއްޗާ ހަވާލުވުމަށް އައުމަށް އެންގި އެންގުމަކީ ފުލުހުންނަށް އެންގުމެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެމްޑީޕީގެ މައްސަލައިގެ އަޑު އެހުމަށް ނިންމާލުމަށް ފަހު މީގެ 20 މިނިޓްކުރިން ސިވިލް ކޯޓުން ނެރުނު އަމުރުގައިބުނެފައިވަނީ ގެންދިޔަ ތަކެތި ގެންދިޔަ ތަނަށް ގެންދަން ޖެހޭނެކަމަށެވެ.
ޖިނާއީ ކުށްތަކެއް ކުރަމުންގެންދާކަމުގެ މައުލޫމާތު ލިބޭކަމަށް ބުނެ ޖިނާއީކޯޓުގެ ކޯޓް އަމުރަކާއެކު އުސްފަސްގަނޑަށް އަންގާރަ ދުވަހު އަރާ އެތަން ޗެކްކުރުމަށް ފަހު ވަނީ ބައެއް ތަކެތި ގެންގޮސްފަ އެވެ.
ޗެކްކުރުމަށް ނެރެފައިވާ އަމުރާއެކު ހަރަކާތްތެރިވި ފުލުހުން އެ ދުވަހު އެންމެ ފަހުން ބުނެފައިވަނީ އުސްފަސްގަނޑު ރޫޅާލާނެކަމަށެވެ. ފުލުހުންގެ އެންގުމާއެއްގޮތަށް ސަލާމަތީބާރުން އެތަން ރޫޅާލަމުންދަނިކޮށް އަންގާރަ ދުވަހުގެ ރޭ ވަނީކޯޓުން ވަނީ ރޫޅާނުލުމުގެ އަމުރެއްނެރެފަ އެވެ.
ސިވިލް ކޯޓުގެ އަމުރު ނެރުނު އިރު އުސްފަސްގަނޑުގައި އެމްޑީޕީން ހަދާފައިވާ ހުރިހާ ތަނެއްހެން ވަނީ ރޫޅާލާފަ އެވެ. ކޯޓް އަމުރާއެކު ސިފައިން އުސްފަސްގަނޑު ދޫކޮށްދިޔަ ނަމަވެސް ފުލުހުން ވަނީ އަނެއް ދުވަހުގެ 2 ޖަހަންދެން އުސްފަސްގަނޑު ބަންދުކޮށްގެން ހިފަހައްޓާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ