ކުޑަކުއްޖާ ރޭޕުކުރި ކާފައާއި މުނިކާފަ ގެމަނަފުށީ ކޯޓުން ނުނެރެވި ތިބިކަން ސީއެންއެމްއަށް އިނގިއްޖެ އެވެ.
ސީއެންއެމް އާއި ވާހަކަ ދައްކަމުން ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ، ބަންދު ޖެހުމަށްޓަކައި ގެނައި ދެ މީހުން އަދިވެސް ތިބީ ކޯޓުގައި ކަމަށެވެ.
އަދި މިއަދު ހަވީރުން ފެށިގެން ރަށު ރައްޔިތުން އެ ދެމީހުންނާއި ދެކޮޅަށް އިހުތިޖާޖް ކުރަމުން އަންނަކަމަށް ޝިޔާން ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަ ކުއްޖާ ރޭޕް ކުރި ދެ މީހުން ގއ. އަދި ގދ. އަތޮޅުގެ އެއްވެސް ރަށަކަށް އެރުވުމާއި ދެކޮޅަށް ރައްޔިތުން އަންނަނީ އަހުތިޖާޖް ކުރަމުންނެވެ.
ފުލުހުން ބުނީ މިއަދު ހައްޔަރު ކުރި 62 އަހަރުގެ ފިރިހެން މީހާއާއި 81 އެއް އަހަރުގެ ފިިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާކަމަށެވެ.
ގއ ކަނޑުހުޅުދޫން މި ދެމީހުން ހައްޔަރު ކޮށްފައިވަނީ އެމިހުންގެ ކާފަ ދަރިއެއް ކަމަށްވާ 2 އަަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕު ކުރި ކަމުތެ ތުހުމަތުގައިކަމަށް އެރަށު މީހުން ބުނެއެވެ.
މިރޭ ފުލުހުން ވަނީ އެ ކުއްޖާގެ ބައްޕަވެސް ހައްޔަރުކޮށްފައެވެ.
އެ ކުއްޖާގެ ބައްޕަ އެ ރަށުން ފުރާފައިވަނީ މައްސަލަ ރިޕޯޓު ކުރި ފަހުންކަމަށް އެރަށު ކައުންސިލް މެންބަރެއް މިއަދު ވަނީ ވިދާޅުވެފައެވެ.
ކުޑަ ކުއްޖާ ރޭޕުކުރި ކާފައާއި މުނިކާފަ ކޯޓުން ނުނެރެވިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ