ހދ. އަތޮޅު ކައުންސިލްގެ ރައީސް ހޮވަން ކުޅުދުއްފުށީ ރައްޔިތުން ވޯޓުލާނެ: އީސީ

ކުރިއަށް އޮތް ކައުންިސލް އިންތިހާބުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސަކު ހޮވަން ކުޅުދުއްފުށި ސިޓީގެ ރައްޔިތުންވެސް ވޯޓުލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ މަހު 31 ވަނަ ދުވަހު ވަނީ ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ. ސިޓީއަކަށް ބަދަލުކުރިއިރު ކުޅުދުއްފުށީގެ މިހާރު އާބާދީއަކީ 10،172 އެވެ. އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ ހދ. ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމުން ގާނޫނުގައިވާ ގޮތުގެ މަތިން ކުޅުދުއްފުއްޓަށް ސިޓީ ކައުންސިލްއެއް އިންތިޚާބު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. ސިޓީއެއްގެ ގޮތުގައި ކުޅުދުއްފުށި ކަނޑައެޅިޔަސް ހދ. އަތޮޅުގެ ވެރިކަންކުރާނެ ރަށެއް އަދި ކަނޑައެއް ނާޅާއެވެ. https://twitter.com/akram4535/status/1214598287321423877 ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 11 ވަނަ މާއްދާއަށް ރިއާޔަތްކުރައްވައި އެ ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހދ. އަތޮޅުގެ ރައީސް ހޮވުމަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ވޯޓު ލާން ޖެހޭނެ ކަމަށެވެ. އަކްރަމް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު ވެގެންދާނީ ހދ. އަތޮޅު ސިޓީ ކައުންސިލްގެ މެމްބަރަކަށް ކަަމަށެވެ. https://twitter.com/akram4535/status/1214600807456399360 އިލެކްޝަންސް ކޮމިޝަނުން ބުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިންތިހާބު ކުރާނީ ހަ ދާއިރާއަކަށް ހަ ސިޓީ ކައުންސިލަރުން ކަމަށާއި އެ އޭގެ ތެރެއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަ ވާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އެޕްރީލު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މިހާރު ސިޔާސީ ބައެއް ޕާޓީތަކުން ވަނީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ