ހައިކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު އަލީ ސަމީރު އިންތިޚާބުކޮށްފި އެވެ.
Advertisement
ހައިކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު އަލީ ސަމީރު އިންތިޚާބުކޮށްފި އެވެ.
ފަނޑިޔާރު އަލީ ސަމީރު އެމަޤާމަށް އައްޔަނު ކޮށްފައިވަނީ އެމަޤާމުގައި ކުރިން ހުންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް މިދިޔަ އާދިއްތަ ދުވަހު އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ފަނޑިޔާރު ރައޫފް އެމަޤާމުން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެމަނިކުފާނުގެ ނަންފުޅު ޖޭއެސްސީ އަށް ރައީސް ފޮނުއްވުމާއި ގުޅިގެންނެވެ.
ޢަލީ ސަމީރަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރު އަލީ ސަމީރު އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިން އޮފިސަރކަމާއި، މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ.
ފަނޑިޔާރު އަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ.
ހައި ކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރު ސަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ