ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ޕީޕީއެމްގެ ކައުންސިލް މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
މެންބަރު އަބްދުﷲ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވަނީ އެކަން ޔަގީންކޮށްދެއްވާފަ އެވެ.
އަބްދުﷲ ވިދާޅުވީ މިއަދުން ފެށިގެން ޕީޕީއެމްގެ ކައުންސިލް މެންބަރު ކަމުން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެ ދެއްވާގ
އަބްދުﷲ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް މެންބަރުންގެ އިމްތިޔާޒާ ބެހޭ ގާނޫނުން މަޖިލިސް މެންބަރުންނަށް ލިބިވަޑައިގަންނަވާ ހައްގުތައް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ނިގުޅައިގެންފައިވާ ކަމަށެވެ. އެހެންކަމުން މަސީހް އިސްތިއުފާ ދެއްވަންޖެހޭ ކަަމަށްވެސް ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ މަޖިލިސް އިދާރާގެ 90 އިންސައްތަ މުވައްޒަފުން މަޖިލީހުގެ ރައީސް މަސީހު ކަންކަން ކުރައްވާ އުސޫލުތަކާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށެވެ. އެހެންކަމުން އެއީ ވެސް މަސީހު މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ކަމަށްވެސް ވިދާޅުވި އެވެ.
މެންބަރު އަބްދުﷲ އަހްމަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ. އޭނާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރު އެވެ.
މެންބަރު އަބްދުﷲ އަހްމަދަކީ ވެސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރައްވާފައިވާ ޕީޕީއެމްގެ 10 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.
މެންބަރު އަބްދުﷲ ޕީޕީއެމްގެ ކައުންސިލް މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ