ބަލިމީހަކު ލައްވާ ކައްތިރިއެއް ޖައްސައިގެން ހިފެހެއްޓޭ ވަރަށްވެސް މިސަރުކާރު ދެން ނުހިފެހެއްޓޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން އަތޮޅުތަކުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ގދ.ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ދަނީ ރޫޅެމުން ކަމަށެވެ. ސަރުކާރަކަށް ފުރުސަތެއް ނެތް ކަމަށާއި، ދެން ބަލިމީހަކު ލައްވާ ކައްތިރިއެއް ޖައްސައިގެން މިސަރުކާރު ނުހިފެހެއްޓޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ އެތަންމިތަނުން މިސާރުކާރަށް ނޫނެކޭ ބުނެ އަޑު އުފަލަމުންދާއިރު، ސަރުކާރާ ދެކޮޅަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ނުކޮށް ހުއްޓާނުލައްވާނެ ކަމަށެވެ. މިހާރު ބޮޑީ ރައްޔިތުންގެ އޮޑިކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ހަގީގީ ސިޔާސީ ވެރިން ތިބީ އިންސާފަށް މިކުރާ މަސައްކަތުގައި ސާބިތުންކަންމަތީގައި ކަމަށެވެ.
އަބްދުﷲ ޝާހިދު ވިދާޅުވީ އިދިކޮޅު މެންބަރުންނަށް ބިރުދެއްކި ނަމަވެސް ހިތްވަރުދޫކޮށް ނުލައްވާނެ ކަމަށާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
ދިވެހިރާއްޖެއަށް 2008 ވަނަ އަހަރު ގާނޫނުއަސާސީއެއް ލިބި، އެ ގާނޫނުއަސާސީގެ ކުލަ ނޫކުލައިން ފެހިކުލައަށް ވެގެންދިޔައީ ހަމައެކަނި ބަނޑޭރިގަނޑެއް ނޫން ކަމަށާއި، އެ ގާނޫނުއަސާސީގައި ލިޔެފައިހުރި ލިޔުންތައް މާއްދާތައް ތަރުތީބު ކުރެވިފައިވާ ގޮތާއި، މާއްދާތަކުގައި ބުނެފައިވާ ކަންކަން އެއީ ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގައި މިހާތަނަށް ދުވަހަކުވެސް ނާންނަވަރުގެ ބަދަލެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ގާނޫނުއަސާސީގައި ސާފުސީދާ ދިވެހިބަހުން ކަންތައްތައް ކުރަންވާނެ ގޮތް ބުނެދީފައިވާއިރު، ކަންކަން ކުރަންވާނެ ގޮތް ބުނެދިނުމަށް ދުސްތޫރީ އިލްމުވެރިޔަކު ނުވަތަ ވަކީލަކު ބޭނުންނުވާ ކަމަށެވެ.
ސަރުކާރު މުޅިން ބަލިކަށިވެއްޖެ: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ