ރައީސް ޔާމީން ވެރިކަމުން އަޒުލުކުރުމަށް މެމްބަރު އަސްލަމް ގޮވާލައްވައިފި

މިވެރިކަން އިންގިލާބުކުރަންޖެހޭ ކަމަށާއި، ރައީސް އަބުދުﷲ ޔާމީނުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް އަވަހަށް ވެއްދުމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގޮވާލައްވައިފި އެވެ.
ގުޅިފައިވާ ޕާޓީތަކުން އައްޑޫސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހުކޮށް ފެހި ގާނޫނުއަސާސީ ވުޖޫދުކުރީ ދިވެހިރައްޔިތުންނަށް އޭގެ ފޮނި މީރުކަން ހޯދައި ދިނުމަށްކަމަށެވެ. އަދި ހަމަ އެއާއިއެކު ރާއްޖޭގެ ޖުޑިޝަރީ މިނިވަންވެ އަދުލުއިންސާފު ހަމަހަމަ ކަމާއިއެކު ލިބި މިނިވަންވެގެންދާނެ ކަަމުގެ އުއްމީދު ދިވެހިން ކުރިކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް މިއަދު ފެންނަމުންދަނީ އެމަންޒަރު ނޫންކަމަށާއި، ދިވެހިރައްޔިތުންނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ މިނިވަންކަން މި ސަރުކާރުން ހިފަހައްޓާފައިވާކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންކަމުން މިހާރު މިވަނީ މިވެރިކަން ބަދަލުކުރަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިކަމަށް ވިދާޅުވެ އަސްލަމްވަނީ ރައީސް ޔާމީން ވެރިކަމުން އަޒުލުކުރުމަށް މަޖިލިސް މެންބަރުންނަށް ގޮވާލައްވާފަ އެވެ.
މީގެ އިތުރަށް އައްޑޫސިޓީން އަބަދުމެ ކަރަންޓް ކެނޑެމުންދާ މައްސަލައާއިގުޅިގެން ރައްޔިތުން ކުރަމުންދާ ޝަކުވާތަކާއި ގުޅިގެން، މެންބަރު އަސްލަމް ވަނީ، އިންޖީނުގެ އައްޑޫރައްޔިތުންނާއި މިހާރުން މިހާރަށް ހަވާލުކުރުމަށްވެސް ސަރުކާރަށް ގޮވާލައްވާފަ އެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަމުން އައްޑުސިޓީގެ މޭޔަރ އަބުދުﷲ ސޯދިގުވިދާޅުވީ، ދިވެހިރައްޔިތުން މިއަދު ދިރިއުޅެމުންދަނީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން ދުވާލު ދެދަޅައަށް ކަރަންޓް ކެނޑެމުންދާއިރު، އައްޑޫ ރައްޔިތުންނަށް އެކަމުގެ ދަތިކަން ވަރަށްބޮޑަށް ފޯރަމުންދާކަމަށާއި ކަރަންޓް ޔަގީންކަމަށްބުނެ ސަރުކާރު ވެރިކަމަށް އައިފަހުން އައްޑޫއިން ކަރަންޓް ކެނޑޭ މިންވަރު އިތުރުވެފައިވާކަމަށެވެ.
އައްޑޫގެ މޭޔަރުވެސް ވަނީ ރައްޔިތުންގެ އިންޖީނުގެ އައްޑޫ ރައްޔިތުންނާއި ހަވާލުކުރުމަށް ގޮވާލައްވާފަ އެވެ.
--
CG Title
CG Detail
ރައީސް ޔާމީން ވެރިކަން ނިންމަންޖެހޭ - މެންބަރު އަސްލަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ