ތ އަތޮޅުގެ ދަތުރުތަކަށް އޮތީ އެންމެ ދެ ފެރީ: ކައުންސިލް

ތ. އަތޮޅަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދަތުރުފަތުރުގެ ނިޒާމުގެ މައްސަލަ ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފި އެވެ.
ވީޓީވީގެ އެތެރެފަރާތް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކައުންސިލުގެ ރައީސް ރިލްވާން އަބްދުﷲ ވިދާޅުވީ ތ. އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް އަތޮޅު ކަމަށްވާއިރު އަތޮޅު ތެރޭގެ ދަތުރުފަތުރުގެ ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް ކަމަށެވެ. އެގޮތުން ފާއިތުވެގެންދިޔަ ފަސް އަހަރުގެ ތެރޭގައި މުޅި އަތޮޅުތެރޭގެ ހުރިހާ ދަތުރެއް ބަލަހައްޓަމުން އައީ އެމްޓީސީސީގެ އެންމެ ފެރީ އަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އެއީ އަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ހައްލެއްގެ ގޮތުން މިސަރުކާރުން އަތޮޅުގެ ދަތުރުފަތުރަށް އިތުރު އެއް ފެރީގެ ހިދުމަތް ހަމަޖައްސާ ދެއްވާފައިވާ ކަން ފާހަގަކުރައްވައި ރިލްވާން ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އެހެންނަމަވެސް ބޮޑު އަތޮޅެއްގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އެކަމުން ހަގީގަތުގައި އެހާ ބޮޑު ފަރަގެއް ފެނިގެން ނުދާ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ